މާލޭގެ ބައެއް ސަރަހައްދުތަކުން މިރޭ 6 ގަޑިއިރަށް ފެން ކެނޑޭނެ

މާލޭގެ ބައެއް ސަރަހައްދުތަކުން މިރޭ 6 ގަޑިއިރަށް ފެން ކެނޑޭނެކަމަށް އެމްޑަބްލިޔުއެސްސީއިން ބުނެފިއެވެ.
އެ ކުންފުނިން މިރޭ ކުރި ޓްވީޓެއްގައި ބުނީ މިރޭ 11:00 ފެށިގެން ފަތިހު 5:00 އަށް ހެންވޭރުގެ ސަރަހައްދުތަކުން ފެން ކެނޑޭނެކަމަށެވެ.
"މާލެ ސިޓީ ކައުންސިލުގެ "ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް"ގެ ދަށުން މިހާރު މަސައްކަތް ކުރަމުންދާ ރޯޝަނީ މަގުގައި ކުރިން އަޅާފައިވާ ފެންހޮޅިއާއި މިހާރު އަލަށް އަޅާ ފެންހޮޅި ގުޅުމުގެ މަސައްކަތް ކުރުމަށް ޓަކައި 11 ސެޕްޓެމްބަރު 2021 ވާ ހޮނިހިރު ދުވަހުގެ ރޭ (މިރޭ) 23:00 އިން 05:00 ރޯޝަނީ މަގާއި ކަސްތޫރީ މަގާއި ދެމެދުން ރޯޝަނީ މަގުގައި ހިމެނޭ ގޭބީސީ ތަކުން ފެނުގެ ހިދުމަތް މެދުކެނޑިގެން ދާނެ ވާހަކަ ކަސްޓަމަރުންގެ މައުލޫމާތައް ޓަކައި ދެންނެވީމެވެ" އެކުންފުނިން ބުނެފައި ވެއެވެ.
އެކުންފުނިން ބުނީ ހިދުމަތް މެދުކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކަށް މަޢާފަށް އެދޭކަމަށާއި މިފަދަ ވަގުތުތަކުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރުއަދާ ކުރާކަމަށެވެ.