ދިވެހި ސިނަމާ

ރިޝްމީއަށް އަނެއްކާ ވެސް ޝަރަފުވެރި އެވޯޑެއް، އާއިލާއާއި ޤައުމުގެ ނަން ފަހުރުވެރިކޮށްދީފި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގެ މަޝްހޫރު ފިލްމީތަރި އައިޝަތު ރިޝްމީ ރަމީޒަށް އަނެއްކާ ވެސް ބައިނަލްއަގުވާމީ ގޮތުން ޝަރަފުވެރި އެވޯޑެއް ލިބިއްޖެއެވެ.

Ads by MWSC

މިފަހަރު ރިޝްމީއަށް ލިބިފައިވަނީ "ފިފްތު ޑރ. ސަރޯޖިނީ ނައިޑޫ، ދަ ނައިޓިންގް ގޭލް އޮފް އިންޑިއާ- ދި އެވޯޑްސް ފޯ ވޯކިން ވިމެން" ގެ އޯވެޑެވެ.

ދުނިޔޭގެ ފެންވަރުގެ މި އެވޯޑު ރިޝްމީއަށް ލިބިފައިވާކަން އޭނާ އިއްޔެ ވަނީ މީސްމީޑިއާ މެދުވެރިކޮށް ހިއްސާ ކޮށްފައެވެ.

މީގެ ފަސް އަހަރު ކުރިން ދޭން ފެށި މި އެވޯޑަށް ރާއްޖޭގެ ފަރާތުން ރިޝްމީގެ ނަން ހުށަހެޅީ މޯލްޑިވްސް ސޮސައިޓޯ ފޯ ޕާފޯމިން އާޓްސްގެ ފަރާތުން އެކްޓަރު/ޑައިރެކްޓަރު މުހައްމަދު ރަޝީދު (ދަރާ ރަޝީދު) އެވެ.

މި އެވޯޑަކީ މުޅި ދުނިޔެއިން ފާހަގަ ކޮށްލެވޭ އަންހެނުންގެ ތެރެއިން 100 އަންހެނުންނަށް ދޭ އެވޯޑެކެވެ. އެގޮތުން މި އަހަރު އެ އެވޯޑަށް 7000 މީހުންގެ ނަން ހުށަހަޅައިފައިވެއެވެ.

ރިޝްމީ ވަނީ މީގެ ކުރިން ވެސް ބައިނަލްއަގުވާމީ އެވޯޑެއް ހާސިލު ކޮށްފައެވެ. އެގޮތުން ރިޝްމީ ވަނީ 2017 ވަނަ އަހަރު ރިލީސް ކުރި އޭނާގެ ފިލްމު "ވިޝްކާ"އިން، ސާކް ފިލްމު ފެސްޓިވަލުގައި މުޅި ރީޖަންއިން އެންމެ މޮޅު ބަޠަލާކަމުގެ އެވޯޑު ހާސިލު ކޮށްފައެވެ.

އޭގެ އިތުރުން ރިޝްމީއަށް ވަނީ، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެވޯޑު ވެސް 2019 ވަނަ އަހަރު ނޮވެމްބަރު މަހުގެ 11ވަނަ ދުވަހު ލިބިފައެވެ.

ރިޝްމީއަކީ މިވަގުތު ދިވެހި ފިލްމީ ދާއިރާގައި ހުރި އެންމެ ފާހަގަ ކޮށްލެވޭ އަދި އެންމެ ފުންނާބު އުސް އެއް އެކްޓްރެސްގެ އިތުރުން ކުޅަދާނަ ޕްރޮޑިއުސަރެއް ވެސް މެއެވެ.

ރިޝްމީއަށް ލިބުނު ކާމިޔާބީއަށް އެތައް ބަޔަކު އޭނާއަށް ވަނީ މަރުހަބާ ކިޔައިފައެވެ. އޭގެ ތެރޭގައި އޭނާގެ އާއިލާ މީހުންނާއި ގިނަ އަދަދެއްގެ ފޭނުން ވެސް ހިމެނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!