ޚަބަރު

ނާޒިމް ސައްތާރު ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވާކަން ހާމަވާ މެސެޖުތަކެއް!

މަރިޔަމް އިސްމާޢިލް ، ދެން އޮންލައިން

މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، ވަކީލު ނާޒިމް އަބްދުއްސައްތާރު ރާއްޖޭގެ ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވާކަން ހާމަވާ ބައެއް ލިޔެކިޔުންތަކެއް އާންމުވެއްޖެއެވެ.

Ads by MWSC

ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޝުޖާއު އުސްމާނު ކުރެއްވި ޓްވީޓެއްގައި ހިއްސާކުރައްވައިފައިވާ ފޮޓޯއަކުން ވަނީ ނާޒިމް ބައެއް މައްސަލަތަކުގެ އަދާހަމަ ހޯދަން މެސެޖުކޮށް އަދި ވަކި މައްސަލައެއް ވަކި ފަނޑިޔާރަކަށް ނުދިނުމަށް އެދި މެސެޖުކޮށްފައިވާކަން ހާމަވެފައެވެ.

އެ ފޮޓޯ ހިއްސާކުރައްވައި ޝުޖާއު އުސްމާނު ވިދާޅުވެފައި ވަނީ ހައިކޯޓްގައި ހުރި މައްސަލަތަކަށް ނުފޫޒު ފޯރުވާ އެއް ބޭފުޅަކީ ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ކަމަށާއި އޭނާ އަމުރުކުރަނީ އޭނާ ވަކާލާތުކުރާ މައްސަލަތަކަށް ބައެއްފަނޑިޔާރުން ބެންޗުގައި ނުހިމަނަން ކަމަށް ވެސް ޝުޖާއުގެ ޓްވީޓުގައި ވެއެވެ. އަދި ކޯޓުތަކުން އަމަލުކުރަނީ ވެސް އެ ފަދަ އެންގުންތަކާ އެއްގޮތަށް ކަމަށް ވެސް އެ ޓްވީޓުގައި ޝުޖާއު ވިދާޅުވެފައި ވެއެވެ.

ޝަރުއީ ދާއިރާއަށް ރައީސް ނަޝީދުގެ ކޮއްކޯފުޅު ނުފޫޒު ފޯރުވަމުންދާކަން ހާމަވާ ފަދަ ފޮޓޯތަކެއް ދައުރުވަމުންދާއިރު ރައީސް އޮފީސް ތެރެއިން ވެސް ފަނޑިޔާރުގެތަކަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތުތައް ފަނޑިޔާރުންނާއި އަދި ގާނޫނީ ބޭފުޅުން ވެސް ކުރައްވައިފައިވެއެވެ. ނަމަވެސް ސަރުކާރުން އެކަމަށް އިންކާރު ކުރެއެވެ.

ރައީސް ޔާމީންގެ މައްސަލައަށް މިސަރުކާރުގެ ފަރާތުން ބޮޑެތި ނުފޫޒުތަކެއް ކުރިމަތި ކުރުވާފައިވާކަމުގެ ވާހަކަތަކެއް ފަނޑިޔާރުން ދައްކައިފައިވާ އޯޑިއޯތަކެއް ލީކްކޮށްލާފައިވާއިރު ތިން ފަނޑިޔާރުން ދައްކައިފައިވާ ވާހަކަތައްކަމަށް ބުނާ އޯޑިއޯތަކުގައި އިވެނީ ފަނޑިޔާރުންގެ އަޑުކަމަށް ސުޖާއު އުސްމާން ވަނީ ވިދާޅުވެފައެވެ.

ޝަރުއީ ނިޒާމުގައި ހުރި ކަންބޮޑުވުންތައް ފާޅު ކުރުމުގެ ގޮތުން ކުރީގެ ފަނޑިޔާރުން ބޭއްވި ނޫސްވެރިން ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ފަނޑިޔާރު ޝުޖާއު ވިދާޅުވީ އޯޑިއޯތަކުން ކްރިމިނަލް ކޯޓްގެ ފަނޑިޔާރު އަލީ އާދަމްއާއި ފަނޑިޔާރު އަހުމަދު ސަމީރުގެ އަޑު އިވިވަޑައިގަންނަވާ ކަމަށާއި ،އަލީ އާދަމަކީ ވަރަށް ގާތް އެކުވެރި ބޭފުޅެއް ކަމަށެވެ

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!