ބެލެނިވެރިޔާ ނިދާފައި ، ދަރިވަރު ގެއަށް ނާދެވި އެތައްއިރަކު މަދަރުސާގައި!
ދިރާސީ އައު އަހަރު ފެށިގެން މަހެއް ވޭތުވެދިޔައީއެވެ. އައު އަހަރު ފެށުނު ދުވަހު ހުރިހާ މަދަރުސާތަކުން ވެސް ފެނިގެން ދިޔައީ އުފާވެރިކަމުގެ މަންޒަރެވެ. އަލަށް މަދަރުސާއަށް ދިޔަ ގިނަ ދަރިވަރުން މަދަރުސާއަށް ލުމަށް އެ ތުއްތު ދަރީންގެ މައިންނާ އެކު ބަފައިން ވެސް ދިޔައެވެ. މާދަމާގެ މުސްތަގުބަލްގެ ކަމަށްވާ މިއަދުގެ ކިޔަވާ ކުދީންނާ މެދު މައިންބަފައިން ކުރަމުންދާ އުއްމީދާއި ދެކެމުންދާ ހުވަފެންތައް އެ ދުވަހު ފެނިގެން ދިޔައެވެ.
ދިރާސީ އައު އަހަރު ފެށިގެން މަހެއްވެ ދެވަނަ މަސް ހިނގަމުންދާއިރު ގިނަ ބެލެނިވެރީން ދަނީ ހިތްވަރު ދޫނުކޮށް ދަރީންގެ ޙައްޤުގައި ޤުރުބާން ވަމުންނެވެ. އެއް ކުއްޖަކު މަދަރުސާއަށް ލައި ، އަނެއް ކުއްޖަކު އަނެއް މަދަރުސާއަށް ބަލައި ގޮސް ، އެއް ކުއްޖަކު ޓިއުޝަނަށް ފޮނުވައި ، އަނެއް ކުއްޖަކު ޤުރުއާން ކްލާހަށް ފޮނުވަމުން ބެލެނިވެރީން ދަނީ މިންނަތް މަސައްކަތެއް ކުރަމުންނެވެ. ވަރުބަލިކަމެއް ނެތި އެ ބެލެނިވެރީން ދަނީ ދަރީންނަށް އުފާވެރި މާދަމާއެއް ހޯދައިދިނުމަށް ލެޔާއި ދާ އޮހޮރުވަމުންނެވެ.
މިއީ ގިނަ ބެލެނިވެރީންގެ ޙާލަތުކަމުގައި ވީނަމަވެސް ދަރީންގެ ކަންކަމުގައި ފަރުވާ ކުޑަ ކުރެވޭ މަންޒަރު ކޮންމެ އަހަރަކު ވެސް ފެންނަމުންދެއެވެ. ދަރީން މަދަރުސާއަށް ލުމާއި ބަލައި ދިޔުމުގައި ފަރުވާކުޑަ ކުރެވޭ މަންޒަރު ނިސްބަތުން މަދުން ނަމަވެސް ފެންނަކަމީ ހިތާމަހުރި ކަމެކެވެ.
މިކަމާ ގުޅިގެން ފެނުނު މަންޒަރުތަކާއި ހޯދުނު ހޯދުންތަކުން އެނގޭ ގޮތުގައި ކުދީން ބަލައިދިޔުން ގަޑިއެއްހައި އިރަށް ވެސް ބެލެނިވެރީން ލަސްވެގެން ދެއެވެ. "ދެން"އިން ނެގި ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި ހަވީރު 5:30ގައި ކިޔެވުން ނިމޭ ބައެއް ސުކޫލުތަކުގައި އިރުއޮއްސި މަޣްރިބު ނަމާދު ވަގުތު ޖެހުނުއިރު ވެސް ބެލެނިވެރީން ބަލައި ނުދިޔުމުގެ ސަބަބުން މަދަރުސާގައި ކުދީން ތިބެން ޖެހިފައި އެބަހުއްޓެވެ. ހަމަ އެ މަދަރުސާއިން ޖެހިޖެހިގެން ތިން ދުވަހު މި މަންޒަރު ފެނިގެން ގޮސްފައި ވެއެވެ.
މިކަމާ ގުޅިގެން "ދެން"އާ ވާހަކަ ދެއްކި ޓީޗަރަކު ވިދާޅުވީ ކުދީން ބަލައި ދިޔުން ލަސްވާ މައްސަލަ މަދުން ނަމަވެސް ދިމާވާ ކަމަށާއި އަދި ކުދީން ބަލައި ދިޔުން ވަރަށް ބޮޑުތަން ލަސްވާ ފަހަރު ވެސް އަންނަކަމަށެވެ. ހަމަ އެހެންމެ ކުދީން ބަލައިދިޔުން ލަސްވުމުގައި ޤަބޫލު ނުކުރެވޭ ފަދަ ފަރުވާ ކުޑަ ކަންކަން ދިމާވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ލަސްވެގެން އެތައް އިރެއް ވީމަ ފޯނު ކޮށްލަނީ ، ދެން ފޯނެއް ނުނަގާ ، އެތައް އިރެއް ފަހުން މި ބުނަނީ ނިދުނީއޭ ، އަޅުގަނޑު ދެކޭ ގޮތުގައި މިއީ ދެން ވަރަށް ދެރަ ކަންކަން" އޭނާ ވިދާޅުވިއެވެ.
ތަރުބަވީ ޢިލްމުވެރީން ވިދާޅުވާ ގޮތުގައި މިފަދަ ކަންކަމަކީ ކުދީންގެ އުޅުމާއި ގުޅުމަށް ވަރަށް ބޮޑަށް އަސަރުކުރާ ކަންކަމެވެ. އެގޮތުން މިފަދަ ކަންކަން ދިމާވާ ނަމަ ކުދީން ، އެހެން މީހުންނަށާއި އަމިއްލަ ނަފްސަށް އިތުބާރުކުރުން ދަށް ވެގެންދެއެވެ. އަދި ރައްކާތެރިކަމާއި ހިމާޔަތްތެރިކަން ހެދިބޮޑުވާ ކުއްޖާއަށް އިހްސާސް ވެގެން ދިޔުމަކީ ކުއްޖާގެ މިޒާޖަށް ހެޔޮ ބަދަލު އަންނަ ކަމަކަށް ވާއިރު ދަރީން ބަލައިދިޔުން ލަސްވުން ފަދަ ކަންކަމުގެ ސަބަބުން އަޅައިލުން ކުޑަވުން ފަދަ ކަންކަން ކުދީންނަށް އިހްސާސް ވެގެންދެއެވެ. ހަމަ އެހެންމެ ހެދި ބޮޑުވާ ކުއްޖާގެ ތަރުބިއްޔަތަށް އެންމެ މުހިންމު ކަމަކީ ނަމޫނާ ދެއްކުންކަމަށް ވީހިނދު އެފަދަ ގޯސް ނަމޫނާތަކުން ކުއްޖާއަށް ދަސްވެގެން ދަނީ ނުބައި ސިފަތަކެވެ.
ދަރީންގެ ކިޔެވުމާއި އެހެނިހެން ކަންކަމުގައި ބެލެނިވެރީން ޙަރަކާތްތެރިވާ މިންވަރާއި އެކަމުގެ ސަބަބުން ކުދީންނަށް އަންނަ ބަދަލު ބުނެދޭ ދިރާސާއެއްގައި މިފަދަ ކަންކަމުގެ އަސަރުތައް ވަރަށް ތަފްސީލްކޮށް ކިޔައިދީފައި ވެއެވެ. އެގޮތުން ބެލެނިވެރީންގެ އެއްބާރުލުމާއި އެހީތެރިކަން އަދި އަޅައިލުން ބޮޑަށް ލިބޭ ދަރިވަރުން ހޯދާ ގްރޭޑްތައް މަތިވާކަމަށް އެ ދިރާސާތައް ދައްކައެވެ. އަދި އެފަދަ ދަރިވަރުން އަމިއްލަ ނަފްސަށް ކުރާ އިތުބާރާއި އިހްސާސްކުރާ އުފާވެރިކަން ވެސް އެތައް ގުނައެއް އިތުރުކަމަށް ދިރާސާ ބުނެއެވެ. ހަމަ އެހެންމެ ބެލެނިވެރީންގެ އަޅައިލުމާއި އެހީތެރިކަން ބޮޑަށް ލިބޭ ދަރިވަރުންގެ ކިބައިގައި އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމުގެ ހުނަރު ވެސް އިތުރުކަމަށް އެ ދިރާސާގައި ބުނެފައި ވެއެވެ.
ދަރީންނަކީ އަމާނާތެކެވެ. އެ އަމާނާތާ މެދު ސުވާލު ވެވޭނެއެވެ. އެހެންކަމުން ދަރީންނާ މެދު ފަރުވާތެރިވުން ހުއްޓެވެ. ދިރާސީ އައު އަހަރުގައި ދަރީންގެ އަތުގައި ހިފި އަތް ، ދޫކޮށް ނުލައި އެ ގޮތުގައި ބޭއްވުން ލާޒިމެވެ. އެ އަތް ދޫކޮށްލައި ދަރީން ވީއްލިއްޖެ ނަމަ ދެން ކުރަން ޖެހޭ ހިތާމަ މާ ބޮޑުވާނެއެވެ.
‘ގަޑިއަށް ސަމާލު ކަން ދިނުނުން’ ދިވެހިންގެ ކިބައިން ރަނގަޅު ކުރަނއޖެހޭ އާދައެއް.
ދެން ބުނޭ ކުރީ ސަރުކާރޭ…
މުޅި ދުވަސް އެއް ކޮށް މިޖެހެނީ ސްކޫލު ދޮށަށް ދުވަން. 3 ނުވަތަ 4 ކުދިން ސްކޫލަށް ގެންދަން މި ހުންނަނީ އެކަކު . ވަޒީފާ އަށް ދަމުން ދެން ހުރި ކަމެއް ކުރަމުން ސްކޫލު ދޮށާށް ދެމެން ޖެހެނީ. ޢެއް ދަންފަޅިއަށް ސްކޫލުތައް ބަދަލު ކުރަންޖެހޭ.. ދުނިޔޭގެ އެއްވެސް ތަނެއްގައި މި ގޮތަށް ކިޔަވާ ދޭބާ.
ސްކޫލު ކުދިންގެ ނާސްތާ ހަމަ އެކަނި ބޭނުންވާ ކުއްޖާ އަށް ދީފައި. ބާކީވާ ފައިސާ އިން ސްކޫލު ބަހުގެ ޚިދުމަތް ދޭން ފަށަންވީ.. ސިވިލް ސަރވަންޓުން ވަޒީފާ ގަައި ހޭދަ ކުރަންޖެހޭ ވަގުތު ސްކޫލު ދޮށަށް ދުވަން ޖެހުމުން ރަނގަޅު ޚިދުމަތެއް ނުދެވޭ.
ސުކޫލުތައް އެއް ދަންފަޅިއަށް ބަދަލުކޮށްގެންނޫނީ މިފަދަ ކަންކަން ހައްެލެއްނުވާނެ
ތާޖުއްދީންގައިއުޅޭ ދިވެހި ޓީޗަރަކު ކުދިންގެ ފޮތުގެ ގަނޑުއަިރާ މައްސަލަވެސްމިހެންލިޔުުން ގެނެސްދީބަ .