ޚަބަރު

ގެންދިޔައީ އެންމެ ދަބަހެއް ނޫން! އެކަން ދޮގު ކުރަން ނުކެރި، ދަބަހުގެ ބަރުދަން ކިރިއަކަސް ނުވާނެ: އަލީ ވަހީދު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެމްއެމްޕީއާރްސީގެ ފައިސާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް ގެންދެވިކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އަނެއްކާ ވެސް ތުހުމަތު ކުރައްވައިފިއެވެ.

Ads by MWSC

އަލީ ވަހީދު މިރޭ ކުރެއްވި ޓްވީޓެއްގައި، އެމްއެމްޕީއާރްސީގެ ފައިސާ ރައީސް ޞާލިޙް ވެސް ގެންދެވިކަމަށް ތުހުމަތު ކުރައްވާ ފަދަ މޭރުމަކުން އަނެއްކާ ވެސް ވަނީ ވާހަކަ ދައްކަވައިފައެވެ.

މި މަހުގެ 20 ވަނަ ދުވަހުގެ ރޭ އަލީ ވަހީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވިދާޅުވީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ނެގި މީހުންގެ ތެރޭގައި އެމްޑީޕީގެ އޭރުގެ އެންމެ އިސް 5 މީހުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ހިމެނޭ ކަމަށެވެ. އެމީހެއްގެ ނަން ހާމަ ކުރަން ބޭނުން ނުވާ ކަމަށް ވިދާޅުވެ އަލީ ވަހީދު ވިދާޅުވީ، އެ ބުނާ ބޭފުޅަކު ކަޅު ދަބަހެއްގައި 35 މިލިޔަނަށް ވުރެ ގިނަ ފައިސާ ގެންގޮސްފައިވާ ކަމަށެވެ. އެއީ ކާކުތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުން އަލީ ވަހީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޞާލިޙްގެ ނަންފުޅު ވެސް ފުރަތަމަ އޮތް ކަމަށެވެ. ނަމަވެސް ރައީސް ޞާލިޙްގެ ނަން ލިސްޓުން އުނި ކުރެއްވީ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒު ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.

"ކަޅު ދަބަސް އުފުލި ރައީސް ޞާލިޙު ވެސް. އެ ވީޑީއޯތައް ވެސް ހުންނާނެ. ތަޙްޤީޤީ ބަޔާނުގައި ވެސް އެ ވާހަކަތައް ހުންނާނެ. ޕޮލިސް ރިކޯޑިންގ އެ އެއްޗެހި ފޮހެލީ މުޙައްމަދު ރިޔާޒު" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދުގެ އެ ތުހުމަތުތަކަށް ސަރުކާރުގެ ފަރާތުން ރައްދު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަބްދުލްއަޒީޒް އެއިރު ވިދާޅުވީ، އަލީ ވަހީދު ދައްކަވައިފައި ވަނީ އެއްވެސް ހަގީގަތެއް އެކުލެވިގެން ނުވާ ވާހަކަތަކެއް ކަމަށެވެ.

"ރައީސް ކޮމްޕްރޮމައިޒް ވާ ފަދަ ހެކިތަކެއް އަލީ ވަހީދުގެ އަތުގައި ހުރިކަމަށް ކުރިން ދެއްކި ވާހަކައާ ގުޅިގެން ވެސް ވަނީ އެ މަނިކުފާނު ޖަވާބު ދެއްވާފައި. އެފަދަ އެއްޗެއް ހުރިއްޔާ ދައްކަވާށޭ އޭރު ވެސް ވިދާޅުވި. މިއަދު ވެސް ބުނަން އޮތީ ހަމަ އެހެން. ހެކި ހުރިއްޔާ ދައްކަވާށޭ" މަބްރޫކް ވިދާޅުވިއެވެ.

ސަރުކާރުން ދިން އެ ޖަވާބަށް ރައްދު ދެއްވަމުން އަލީ ވަހީދު މިރޭ ސުވާލު ކުރެއްވީ، ވެންޓިލޭޓަރު މައްސަލަ ނުބެލިގެން އުޅެނީ ހެކި ނެތިގެންތޯއާއި ވެންޓިލޭޓަރުތައް ލިބިއްޖެތޯއެވެ.

"އަމީރު ޤާނޫނާ ޚިލާފަށް ދޫކުރި ފައިސާ ލިބިއްޖެތޯ؟ މިވަރުން ވެސް ހަމަ ހެކި ދައްކަން ޖެހޭތޯ؟ ތޯތޯ!!" އަލީ ވަހީދު ސުވާލު ކުރައްވައިފައިވެއެވެ.

މީގެ އިތުރުން އަލީ ވަހީދު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު "ގޮއްވައިލި ރޭ" ޕްރޮފެސަރގެ ބަސްދީގަތުމުގެ ކުރިން އައިސްފައި ހުރި "ހިނިވަރުނަކޮޅު" ފުރަތަމަ ހެއްކަކަށް ފުދޭނެ ކަމަށާއި ހެކި ހުށަހަޅަންވާ ތަންތަނަށް ހުށަހަޅުއްވާނެ ކަމަށެވެ.

  1. ައިބްރާހިމް

    އަލީވަހީދުދައްކާވާހަކަގަބޫލްކުރާނީ ބޮޑަތި މޮޔާންނެވެ
    އޭނަޔަކީމިހާރުވެސް ސަލާމައްނުވާވަރުގެ ކުއްތަކެއްކޮގެން ހުރިމީހެއް އޭނާދައްކާވާހަކަގަބޫލް ކުރާނެ މީހަކުނެއް އޭނާމާލެއިން ގެގަންގޮވެސްއެގޭ
    އޭނާބުނީ އެއީބައްޕަ ބޯޓުދަތުރުކޮއްގެން ލިބުނުފައިސާއޭ ދެންވީގަބޫލްކުރަން

    • އިއްބެ

      ދެން އަހުމަދު އަދީބު އާއި ޒިޔަތުގެ ހެކިބަސް ގަބޫލްކޮއްގެން މިއުޅެނީ ކޮންހަމަޔަކުން އެހެންކަމައް ވާނަމަ އަލީވަހީދުގެވާހަކަވެސް ވާނީ ހަމަތެދައް

  2. ހަނު

    އެކަމަކު ކޮންމެވެސް ގޮތެއް ހުންނަން ޖެހޭ. ކުރިން ޔާމީނަށް ވެސް ތިފަތިވަރުތައް ދެމިއެވެ. ކުއްލިއަކަށް ޔާމީނު ހުދުކާފޫރަށްވެއްޖެ. މިވަރުން ދެންކިހިނެތް ތި ބަސްތަކުގެ ބަރުދަން ބަލާނީ

  3. ސަންފަ

    ޢައްޔާ ތިޔަ ދަބަހުގެ ވާހަކަ ނުދައްކާ ތިޔައީ އެންމެން ދަންނަ ބޮޑު ސިއްރެއް. ޢެކަމުގެ ހެއްކަކީ ބްރޯއަށް ލުއިދީ ބްރޯގެ ޝަރީޢަތް ސިއްރުކޮށް ބްރޯއަކީ އެހުރިހާ ފައިސާގެ ބޮޑުބައި ބަހާ ކައިހެދި މީހާކަަމަށްވާއިރު ވެސް
    ބުރޯ އަރާމުގައި ގޭގައި ބަހައްޓާފައި ހުރުން.
    ޝަރީއަތް ސިއްރު ކުރީވެސް ސަރުކާރުގެ އިސްމީހުނާ އެމްޑީޕީގެ އިސްމީހުން ބަރަހަނާ ވާނެތީ.

  4. ޢަވާމެނދުރު

    އަދީބުއާ އޭނާއާއެކުބޮޑެތިކުންތައްކުރިމީހުންގެ.ބަސްއެކަނިތޯ ގަބޫލުކުރަންޖެހެނީ ހާދަދެކޮޅުނުޖެހޭވާހަކަތަކެން ތިހަމަޖެހޭމީހުނދައްކަނީ

  5. ބުލްބުލް

    ސިޔާސީ މީހުންނަކީ މުޅިން މަކަރާއި ހީލަތުން އުޅޭބައެއް.
    ޢަބަދުވެސް ބަލާނީ ކުލަބަދަލުކޮށްގެން ހިހޫތަނުން ކައިލައިގެން އުޅެން.
    ތިހުރިހާ ރުނޑިން ތިބީ ތިފައިސާ ބަނޑުއަޅައިގެން.
    ޢަދި އިރާދަކުރެއްވިއްޔާ ތިހިތި ތިކަން ކުރިބަޔަކަށް މިދުނިޔޭގަ އައި އާހިރަތުގަ ދައްކަވާށި.

  6. އަދީބަކީ ވިހައިގެން ކިނދުނުފިލާ ކުއްޖެއްވީމަތޯ އަދީބުގެބަސް ތިގަބޫލުކުރަނީ ގަމާރުވިޔަސް ތީބޮޑުވަރު ދެންކަލޭމެންތިބުނަނީ އަދީބަކީ އީސާގެފާނުކަހަލަ ބޭފުޅެކޭތޯ އެއީވިއްޔަ އެއްކިލައެއް މިލައެއް ނެތި ސާފުހިތަކައިގެން ބަފުޅުވިދާޅުވިބޭފުޅަކީ އަދީބަކީބޮޑމުޖުރިމެއް ކަމެއް ނޭނގުނީތީ ހިތާމަކުރަން

    • ށަވިޔަނި

      ށުކުރިއްޔާ އަލީ. ހުރިއެއްޗެއް ވިއްޔާ ނެރޭ އަލީއަކީ ފިސާރި ކެރޭ ވަރުގަދަ ލީޑަރެއް