ޚަބަރު

މިވެރިކަން މިނިވަންކަމަށް ނުރައްކަލަކަށްވެއްޖެ: ޑރ.ޖަމީލް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ޑރ. މުހައްމަދު ޖަމީލް އަހުމަދު.. ދެން އިމޭޖްސް

އެމްޑީޕީން އަންނަ ކޮންމެ ވެރިޔަކީ ދިވެހި ޤައުމުގެ ސިޔާދަތަށް ނުރައްކާކުރާ މީހެއް ކަމަށާއި މިވެރިކަން މިނިވަންކަމަށް ނުރައްކަލަކަށްވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޑރ ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމުގެ ޙިމާޔަތުގައި ތެދުވުމަކީ ދީނީ، ގައުމީ ވާޖިބެއްކަމަށެވެ.

"އެމްޑީޕީން އަންނަ ކޮންމެ ވެރިޔަކީ ދިވެހި ޤައުމުގެ ސިޔާދަތަށް ނުރައްކާކުރާ ބައެއް. ޤައުމު ވިއްކުމާއި، ކުޑަކަކޫ ޖަހައި ސަލާން ޖެހުން ނޫން ވިސްނުމެއް ނެތް ބައެއް. މި ވެރިކަން މިނިވަންކަމަށް ނުރައްކަލަކަށް ވެއްޖެ. ގައުމުގެ ޙިމާޔަތުގައި ތެދުވުމަކީ ދީނީ، ގައުމީ ވާޖިބެއް." ޑރ. ޖަމީލް ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވީ މިރޭ އިދިކޮޅުން ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާއަށް ދަައުވަތު ދެއްވަމުންނެވެ. "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" މިނަމުގައި މިރޭ އިދިކޮޅުން ކާނިވާ ސަހަރައްދުގައި މިރޭ އެއްވުމެއް ބޭއްވުމަށް ވަނީ ނިންމައިފައެވެ.

އިދިކޮޅުގެ ސިޔާސީ ހަރަކާތްތައް ވަރުގަދަ ކޮށްފައިވާ މިދަނޑިވަޅުގައި ދާދިފަހުން އިދިކޮޅުން ބޭއްވި މުޒާހަރާއެއްގައި، އެމުޒާހަރާގެ ބައިވެރިންނަށް ރައީސް ޔާމީން 'ފެނިލައްވައި" ހިތްވަރު ދެއްވި މައްސަލައެއް ހޫނުވެ އެމަނިކުފާނާ މެދު ޕްރިޒަންސްއިން ވަނީ ފިޔަވަޅުވެސް އަޅައިފައެވެ.

Ads by Ooredoo
  1. ޢިއްބެ

    ޑރ.ޖަމީލު މިހާރުހުންނެވީހެއިބުއްދި ސަލާމަތުންތޯ ބަލައި ޓެސްޓްކުރަން އެބަޖެހޭ

  2. ޚކަލެތިހިރި ހަމަބުދިގަތަ

  3. ާަަަަހަޖާމު

    ޛަމީލަކީ މިޤައުމަށް ހުރި ނުރައްކަލެއް. ސަބަބަކީވީ އަވަސް އަވަހަށްވިކެނީ.އެބުރޭވަހުތާނެއްކަހަލަ.