ޚަބަރު

އިންޓަރނޭޝަނަލް މާކެޓަށް ތޮއްޑޫ އިސްތިހާރު ކުރުމަށް ކޯރ ބްރޭންޑިން ލޯންޗްކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ ތޮއްޑޫ ކައުންސިލް

ރަށު ފަތުރުވެރިކަން ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އަދި ޒަމާނުއްސުރެ ދަނޑުވެރިކަމަށް މަޝްހޫރު އއ.ތޮއްޑޫ މާރކެޓްކޮށް އިސްތިހާރު ކުރުމަށް ޓަކައި އއ.ތޮއްޑޫ ކައުންސިލުން ރަށުގެ ކޯރ ބްރޭންޑިން ލޯންޗްކޮށްފިއެވެ.

Ads by MWSC

"ދެން"އަށް މައުލޫމާތު ދެއްވަމުން ތޮއްޑޫ ކައުންްސިލްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ ބްރޭންޑް ލޯންޗްކޮށް ދެއްވީ ޓޫރިޒަމް ދުވަހާ ގުޅިގެން ތޮއްޑޫގެ ގެސްޓް ހައުސްތަކުގެ ވެރިންނަށް ޚާއްސަކޮށްގެން ތޮއްޑޫ ކައުންސިލް އިން ކުރިޔަށް ގެންދިޔަ ހައިޓީއެއްގައި ކަމަށެވެ.

"ޓާގެޓަކީ އަންނަ އަހަރު އިންޓަރނޭޝަނަލް ބައެއް ފެއަރ ތަކުގައި އެގްޒިބިޓް ކުރުން. މިހާރު ވެބްސައިޓް ވެސް ވާނީ ހަދައިފައި." ކަރަމް ވިދާޅުވިއެވެ.

ކަރަމް ވިދާޅުވީ ތޮއްޑޫއަކީ މިހާރު ވެސް ރާއްޖެއާއި އަދި ރާއްޖޭން ބޭރުގެ ވަރަށް ގިނަ ސަރަޙައްދުތަކަށް މަޝްހޫރު "ބްރޭންޑް"އެއްކަމަށް ވާތީ ރަސްމީކޮށް ކޯރ ބްރޭންޑިންގއެއް ތަޢާރަފް ކުރެވި ގަނޑުކޮށް ރަށުގެ ހުރިހާ ވިޔަފާރިތަކާއި އަދި މުއައްސަސާތަކުން ވެސް މި ބްރޭންޑް ބޭނުން ކުރުމަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ރަށް މާރކެޓްކޮށް އިސްތިހާރުކުމުގައި ވާދަވެރިންނާ ފައިހަމަކުރަން ކޮންމެހެން ވެސް ކުރަންޖެހޭ މުހިއްމުކަމެއް ކަމަށެވެ.

އއ.ތޮއްޑޫގައި މިހާރު ޖުމްލަ 43 ގެސްޓްހައުސްގައި 279 ގެސްޓް ރޫމްއާ އެކު 558 ޓޫރިސްޓް ބެޑް
ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކުރެވި ހިންގަމުން އެބަދެއެވެ. އަދި މިހާރު އިމާރާތްކުރަމުން އަންނަ 24 ގެސްޓްހައުސް ކުރިޔަށްއޮތް 6 އެއް ނުވަތަ 8 މަސް ދުވަހު ތެރޭގައި ނިމި އިތުރު 250 ގެސްޓް ރޫމް އިތުރުވެގެންދާނެ ކަމަށް ކައުންސިލް އިން ލަފާކުރާކަމަށާއި އަދި މިވަގުތު ވެސް 43 ގެސްޓްހައުސްއާ އެކު މާލެ ސިޓީ ފިޔަވައި އެންމެ ގިނަ ގެސްޓްހައުސް ހިންގަމުން އަންނަނީ ތޮއްޑޫގައިކަން ކަރަމް ވަނީ ފާހަގަ ކުރައްވައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!