އިސްލާމީ މަރުކަޒާއި، ހުކުރު މިސްކިތް އަދި ރައީސް އޮފީސް ކުރިމައްޗަށް މީހަކު ކުޑަކަމުގޮސްފި

އިސްލާމީ މަރުކަޒާއި، ހުކުރު މިސްކިތް އަދި ރައީސް އޮފީސް ކުރިމައްޗަށް މީހަކު ކުޑަކަމުގޮސްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ރައީސް އޮފީސް ގޭޓު، ހުކުރު މިސްކިތްތެރެ އަދި އިސްލާމީ މަރުކަޒު ތެރޭގައި މީހުން ނަމާދަށް ތިއްބާ މީހަކު ވަދެ އެ ތަަނަށް ކުޑަކަމުދިޔަ ކަމަށް މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ އެ މީހާއަކީ ނުކުޅެދުންތެރިކަން ހުރި މީހެއްކަމަށް ފުލުހުން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.
އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށް ވެސް ވިދާޅުވިއެވެ.
އިސްލާމީ މަރުކަޒަށް ވަދެ އެ މީހާ ކުޑަކަމުދިޔަ އިރު އެތަނުގައި އެވަގުތު ހުރި މީހަކު ބުނީ، އެ މީހާ ކުޑަކަމުދިޔައީ އެންމެން ނަމާދަށް ތިއްބާ އިމާމުގެ ކުރިމަތީ ގިބްލައަށް ވާގޮތަށް ކަމަށެވެ.