Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޖަލުގައި ވާނުވާ ބަންދުގައި މިހާރު އެއްވެސް މީހަކު ނުހުންނާނެ: ސަލީމް

ޖަލުގައި ވާނުވާ ބަންދުގައި މިހާރު އެއްވެސް މީހަކު ނުހުންނާނެ: ސަލީމް

ރާއްޖޭގެ ޖަލުތަކުގައި ވާނުވާ ބަންދުގައި މިހާރު އެއްވެސް މީހަކު ނުހުންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިޔަށް ދިޔަ މަޖިލިސް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސަލީމް ވިދާޅުވީ ޖަލުތަކުގައި ޝަރީއަތް ނުކުރެވި، ނުވަތަ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ނުކުރެވި، ނުވަތަ އެމީހަކު ކުރި ކުށަކީ ކޮބައިކަން ނޭނގި ޖަލުގައި އޮތް އެއްވެސް މީހަކު މިހާރު ނުހުންނާނެކަމަށް ސަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީއަތް ނުކުރެވި ޖަލުގައި ބަންދުކޮށްފައި މީހުން ބޭތިއްބުމަކީ މިސަރުކާރުން ތާޢީދުކުރާނެކަމެއް ނޫންކަމަށް ސަލީމް ވަނީ ވިދާޅުވެފައެވެ. މިސަރުކާރުން ވެރިކަމާ ޙަވާލުވިއިރު، 300އަށް ވުރެ ގިނަ މީހުން ޖަލުތަކުގައި މުއްދަތެއް ނެތް ގޮތަށް ނުވަތަ ވާނުވާގައި ބަންދުގައި ތިއްބެވި ކަމަށް ސަލީމް ވިދާޅުވިއެެވެ.

Advertisement
HDC — Sidebar (box)

ސަލީމް އިތުރަށް ވިދާޅުވީ ރާއްޖޭގެ ޖަލުތަކުގައި ފާއިތުވެދިޔަ 1،000 އަހަރު ތެރޭގައި ފޯރުކޮށްނުދެވޭ ފަދަ އެތައް ޞިއްޙީ ޚިދުމަތްތަކެއް މިސަރުކާރު ވެރިކަމާ ޙަވާލުވުމަށް ފަހު ފޯރުކޮށްދެއްވާފައިވާ ކަމަށެވެ.

ސަލީމް މިފަދައިން ވިދާޅުވެފައިވާއިރު ވާނުވާ ބަންދުގެ މައްސަލައަށް ހައްލެއް ނުލިބޭތީއާއި ވާނުވާގައި ތިބޭ މީހުންނަށް އެކަށީގެންވާ ބޭސްފަރުވާ ނުލިބޭތީ މައްސަލައެއް ވެސް ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް