ކޮވިޑް ޖެހިގެން ތިނަދޫން މިއަދު ދެވަނަ މީހަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން ގދ.ތިނަދޫގައި ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ އުމުރުން 81 އަހަރުގެ އަންހެނެކެވެ. ތިނަދޫ އިން ރޭ ފަތިހު ވެސް ވަނީ ކޮވިޑް ބަލީގައި ފަރުވާ ހޯދަމުން ދަނިކޮށް އިތުރު މީހަކު ވަނީ ނިޔާވެފައެވެ.
މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި 236ވަނަ މީހާއެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި.އެވެ އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون