ދަނގެތީގައި މީހަކު މަރައިލައި، ގޯންޏަކަށް ލައި އެއްލައިލައިފައި އޮއްވާ ފެނިއްޖެ
އދ. ދަނގެތީގައި މީހަކު މަރައިލައި، ގޯންޏަކަށް ލައި އެއްލައިލައިފައި އޮއްވާ ފެނިއްޖެއެވެ.
އެ ރަށުން "ދެން" އަށް މައުލޫމާތު ދިން މީހަކު ބުނީ، އުމުރުން 57 އަހަރުގެ އެ މީހާ އިއްޔެއިން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ ކަމަށެވެ. އެއީ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ އޮތީ ގޯންޏަކަށް ލައިފައި، ފައި އައްސައިފައި އެކޮޅު ކޮޅުން ވަޅަކަށް ތިރި ކޮށްފައި ކަމަށް ވެސް ބުންޏެވެ.
މައުލޫމާތު ދިން މީހާ ބުނީ، މަރައިލައިފައި އޮތް މީހާ ، ވަޅަކަށް ލައިފައި އޮތް އިރު އެ ވަޅުގެ މަތި ވެސް ހުރީ ޖަހައިފައި ކަމަށެވެ.
މަރައިލައިފަ އިވަނީ ވިޔަފާރި ކުރާ މީހެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ. އަދި މަރައިލި މީހާގެ އަނބިމީހާ މިވަގުތު އޮތީ އެ ރަށު ހޮސްޕިޓަލުގައެވެ. މަރައިލި މީހާ ނުފެނިގެން ހުރިހާ ގެޔެއް ބަލައި، ހޯދަމުން ދަނިކޮށް އޭނާ ފެނިފައިވަ ނީ ފަޅު ގެއެއް ތެރެއިންނެވެ.
މި މައްސަލައިގައި ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދަނގެތީގައި ގޯންޏަކަށް ލައި އެއްލައިލައިފައި އޮތް މީހަކު މިއަދު ފެނިފައިވާ ކަމަށާއި އެކަން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަމުން ދާ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.
ސާވްދާންއިންޑިޔާ
ސުބުޙާނަﷲ
އިންނާލިއްލާހި ވައިންނާއިލައިހި ރާޖިޢޫން
ްއިންނާލިއްލާހި ވައިންނާއިލައިހި ރާޖިޢޫން