ގެއްލުނު ކުއްޖާ ހޯދުމުގައި ޑޯނިއާ މަތިންދާ ބޯޓު ބޭނުމެއް ނުކުރޭ!
އިއްޔެ މާލެއިން ވ.އަތޮޅަށް ދަތުރުކުރި ލޯންޗަކުން މޫދަށް ވެއްޓި ވީނުވީއެއް މިހާތަނަށް ނޭނގި ގެއްލިފައިވާ އުމުރުން 4 އަހަރުގެ ކުޑަކުއްޖާ ހޯދުމަށް އިންޑިޔާއިން ރާއްޖޭގައި އޮޕަރޭޓުކުރާ ޑޯނިއާ މަތިންދާބޯޓު ބޭނުން ނުކުރާކަން ހާމަވެއްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް ހަދައިފައިވާ ވައިބަރ ގުރޫޕުގައި ނޫސްވެރިން އެމްއެންޑީއެފާ ސުވާލުކުރުމުން އެ އިދާރާއިން ބުނެފައި ވަނީ ޑޯނިއާ ފުލައިޓު ބޭނުން ނުކުރަނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އެ މަތިންދާބޯޓު މިހާރު ލޭންޑުކޮށްފައިވާތީ ކަމަށެވެ. ނަމަވެސް ހެލިކޮޕްޓަރު ބޭނުން ނުކުރާ ސަބަބު ހާމަކޮށްދީފައެއް ނުވެއެވެ.
ޑޯނިއާ ގްރައުންޑް ވެފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފައިވާއިރު އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައި ވަނީ އެންމެ ޑޯނިއާއެއް ނޫނެވެ. އެހެންކަމުން އެއް ޑޯނިއާ ގްރައުންޑްވީ ނަމަވެސް އަނެއް ޑޯނިއާ އޮޕަރޭޓުވާން ޖެހޭނެ ނޫންތޯ ނޫސްވެރިން ސުވާލު ކުރުމުން އެކަމަށް އެމްއެންޑީއެފްގެ މީޑިޔާ އޮފިސަރ ހަނާ ޖަވާބު ދެއްވައިފައެއް ނުވެއެވެ. އަދި މިފަދަ ޚައްޞާސްކަމެއް ހިނގައިގެން 24 ގަޑިއިރު ވެގެންދާއިރު ވެސް ހެލިކޮޕްޓަރު ބޭނުން ނުކުރާ ސަބަބާ މެދު ނޫސްވެރިން ސުވާލުކުރި ނަމަވެސް މީޑިޔާ އޮފިޝަލްގެ ހިލަމެއް ވެފައި ނުވާކަަން ފާހަގަކޮށްލެވެއެވެ.
މީގެ ކުރިން ޑޯނިއާ ރާއްޖޭގައި ބޭނުންްކުރަން ފެށުމުގެ ކުރިން މޯލްޑިވިއަންްއާއި ފްލައިމީ ފަދަ އެއާލައިންތަކުން ވަނީ އެމްއެންޑީއެފްގެ އޮޕަރޭޝަންތަކުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެހެން އެއާލައިނަކުން އެހީތެރިކަންް ފޯރުކޮށްދެމުން ދޭތޯ ކުރި ސުވާލަށް އެމްއެންޑީއެފްއިން އެއްވެސް ޖަވާބެއް ދެއްވައިފައެއް ނުވެއެވެ.
ޓެކްނިކަލް މައްސަލައެއް މެދުވެރިވެ ޑޯނިއާ މަތިންދާބޯޓު އުދުއްސުމަށް ދަތިވާ ހާލަތެއް ކުރިމަތިވެއްޖެ ނަމަ އާންމުކޮށް އައު މަތިންދާ ބޯޓެއް ގެނެސް އޮޕަރޭޓުކުރަމުންދެއެވެ.
ނަމަވެސް މިފަދަ ޙާލަތެއްގައި ވެސް ދިވެހި ސަރުކާރުން އެފަދަ އެހީއަކަށް ނޭދެނީތޯ ނުވަތަ އިންޑިއާއިން އެކަމަށް އިންކާރުކުރީތޯ މިއީ ވެސް އުފެދޭ ސުވާލެކެވެ. އެހެނީ މީގެ ކުރިން ކޮވިޑް-19 ބަލީގައި ހާލުބޮޑުވި މީހުން އުފުލުމަށް ރާއްޖޭގައި އޮންނަ އިންޑިޔާގެ ދެ ހެލިކޮޕްޓަރު ބޭނުންކުރަން އިންޑިޔާއިން ހުއްދަ ނުލިބުމުގެ ސަބަބުން އެ ހެލިކޮޕްޓަރު ބޭނުންކުރެވިފައެއް ނުވެއެވެ.
ޑޯނިއާ ފުލައިޓާ ގުޅޭ ގޮތުން އިންޑިޔާއާއި ރާއްޖެއާ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި އޮންނަ ގޮތުން ރާއްޖެއިން ޑޯނިއާ ފުލައިޓެއް ބޭނުންކުރަން އެދޭ ހާލަތުގައި އެކަމަށް އިންކާރުކުރުމުގެ ބާރު އެ އުޅަނދާ ހަވާލުވެގެން ތިބޭ އިންޑިޔާގެ ސިފައިންގެ ކޮމާންޑަރަށް އޮންނާނެއެވެ.
އަސްލު ބެނުން ކުރަންޖެހޭ