Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މަޙްމޫދުގެ މަރު: ކަށު ނަމާދުގައި ސާލިމް ވެސް ބައިވެރިވި!

މަޙްމޫދުގެ މަރު: ކަށު ނަމާދުގައި ސާލިމް ވެސް ބައިވެރިވި!

އދ. ދަނގެތީގައި މި މަހުގެ 13ވަނަ ދުވަހުގެ ރޭ، ރަހުމް ކުޑަ ގޮތަކަށް މަރައިލި މަޙްމޫދު އަބޫބަކުރުގެ ކަށުނަމާދުގައި، މި މައްސަލައިގައި މިހާތަނަށް ތުހުމަތުކޮށް ހައްޔަރު ކޮށްފައިވާ ބަނގްލަދޭޝްގެ މުޙައްމަދު ސާލިމް ވެސް ބައިވެރިވި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މަޙްމޫދު ގެއްލިގެން ފުލުހުންނާއި އެ ރަށު ރައްޔިތުން ގުޅިގެން ހޯދަމުން ދަނިކޮށް، އޭނާ ފެނިފައި ވަނީ މި މަހުގެ 14 ވީ ބުރާސްފަތި ދުވަހު މެންދުރު ފަހު 3:15 ހާއިރު ފަޅުގޯއްޗެއްގެ ވަޅު ތެރެއިންނެވެ.

މަޙްމޫދު އެ ވަޅަށް ތިރިކޮށްފައި ވަނީ ބޮލާއި ފައިގައި ގޯންޏެއް ވެސް އޮޅައިފައެވެ. އޭނާގެ ބޮލަށާއި ކަރަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. މަޙްމޫދްގެ ޖަނާޒާ ބޭއްވީ އޭގެ ޖެހިގެން އައި ހުކުރު ދުވަހު އޭނާގެ ހަށިގަނޑުގެ ޓެސްޓުތަކެއް ހެދުމަށް މާލެ ގެނައުމަށް ފަހު، އަނބުރާ ދަނގެއްޗަށް ގެންގޮސް ހަމަ އެ ދުވަހުގައެވެ.

Advertisement
HDC — Sidebar (box)

މަޙްމޫދުގެ ޖަނާޒާއާއި ކަށުނަމާދަށް ދިޔަ މީހުންގެ ފޮޓޯތަކެއް މިހާރު އާންމުވެފައިވާއިރު، އޭނާގެ ޖަނާޒާގައި ސާލިމް ވެސް ބައިވެރިވިކަން އެ ފޮޓޯތަކުން ހާމަވެއެވެ.

ދެން"އަށް މައުލޫމާތު ދެމުން އެ ރަށުގެ މީހަކު ބުނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ފުލުހުން ވަނީ މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ސާލިމް، ޕޮލިސް ސްޓޭޝަނުން ނެރެގެން ރަށުގެ އެކި ތަންތަނަށް ގެންގޮސްފައި ކަމަށެވެ. އޭގެ ތެރޭގައި މަޙްމޫދު އެއްލައިލައިފައިވާ ވަޅު ހުރި ގެއަށް ވެސް ސާލިމް ގެންގޮސްފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް