Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އަންމަޓީ ދޫކޮށްލީ ކަފާލާތުގެ އުސާލާ ޚިލާފަށް ކަމަށް ބުނެ، އަމުރު އިސްތިއުނާފު ކުރަން ނިންމައިފި

އަންމަޓީ ދޫކޮށްލީ ކަފާލާތުގެ އުސާލާ ޚިލާފަށް ކަމަށް ބުނެ، އަމުރު އިސްތިއުނާފު ކުރަން ނިންމައިފި

ކޮއްކޮއަކާއި ދައްތައެއް ޖާމިނުވާގޮތަށް ކަފާލާތުގެ ދަށުން ސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު މޫސާ (އައްމަޓީ) ދޫކޮށްލަން ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމް އިސްތިއުނާފު ކުރަން ނިންމައިފިއެވެ.

ޕަބްލިކް ޕްރޮސެކިއުޓާ އަދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލު އަހުމަދު ޝަފީއު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަންމަޓީ ދޫކޮށްލަން ދަށު ކޯޓުން ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރަން ޕީޖީ އޮފީހުން ނިންމަވާފައިވާ ކަމަށެވެ.

އަންމަޓީ ދޫކޮށްލާފައިވަނީ އޭނާގެ ކޮއްކޮއަކާއި ދައްތައެއް ޖާމިނުކޮށް ޝަރުތުތަކަކާ އެކުގައެވެ.

Advertisement
Allied — Dhen Online (box)

އެގޮތުން އަންމަޓީގެ ޤާނޫނީ ވަކީލު އަލްއުސްތާޛް މުހުތާޒް މުހްސިން އިއްޔެ "ދެން" އަށް ވިދާޅުވީ، އަންމަޓީ ދޫކޮށްލީ ރަސްމީ ދުވަހަކު 9:30އަށް ކަރެކްޝަންސްއަށް ހާޒިރުވެ ސޮއެ ކުރުމަށާއި، މާލެއިން ބޭރަށް ނުދިޔުމަށާއި އަދި ހެކިންނަށް ނުފޫޒު ނުފޯރުވުމަށެވެ.

މީގެ އިތުރުން ވަކީލު މުހުތާޒް ވިދާޅުވީ އަންމަޓީގެ ޕާސްޕޯޓު އަދިވެސް ވަނީ ހިފަހައްޓާފައި ކަމަށާއި އެހެންނަމަވެސް އެއީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ކަމަށެވެ.

އަންމަޓީ ދޫކޮށްލުމާ ގުޅޭގޮތުން ޕީޖީ ޙުސެއިން ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤާނޫނުގައި ކަފާލާތުގައި ދޫކުރާއިރު ޖާމިނުކުރާނެ ވަކި ގޮތެއް އޮއްވާ، އެނޫން ގޮތްގޮތަށް މައްސަލަ ނިންމީމާ ޖެހެނީ ހައިކޯޓަށް ދާން ކަމަށެވެ.

"ދަށުކޯޓުގެ ހަމަ އެންމެ ފަނޑިޔާރަކަށް، ޖާމިނުކުރެވޭގޮތް ސާފުވެވަޑައިގެންފައި ނެތުމަކީ އެންމެންގެ ވަގުތު ގެއްލޭ ކަމަކަށްވެއްޖެ" ޕީޖީ ޝަމީމް ވިދާޅުވެފައިވެއެވެ.

https://twitter.com/HuShameem/status/1451043428217724930?s=20

މިކަމާ ގުޅޭގޮތުން ޝަފީއު ވެސް ވިދާޅުވީ މި މައްސަލަ އިސްތިއުނާފު ކުރުމަށް ނިންމާފައި އޮތީ ކަފާލާތުގެ ދަށުން އަންމަޓީ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަކީ، ޤާނޫނުގައި ކަފާލާތުގެ އުސޫލުން މީހަކު ދޫކޮށްލުމުގެ އުސޫލާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް