Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ދޫނިދޫ ޖަލުގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގާ: ފުލުހުން

ދޫނިދޫ ޖަލުގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގާ: ފުލުހުން

ދޫނިދޫ ޖަލުގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށާއި ދޫނިދޫ ކަސްޓޯޑިއަލްގެ ހާލަތު "ނޯމަލް"ކަމަށް ފުލުހުން ބުނެފިއެވެ.

ދޫނިދޫ ޖަލުގައި ހަލުތާލު ކުރަމުންދާ ކަމަށް ބުނެ މިއަދު މީސްމީޑިއާގައި ފެތުރު ވާހަކަތަކާ ގުޅިގެން، އެކަން ހިނގިގޮތް ސާފުކޮށްދެއްވަމުން ފުލުހުން ބުނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބަންދުގައި ތިބެން ޖެހޭ ބަޔަކު ދޫނިދޫ ކަސްޓޯޑިއަލްގައި ތިބުމުން އެމީހުންގެ ތެރެއިން ބައެއް މީހުން ގެންދަނީ އެކަމާ ހިތްހަމަނުޖެހުން ފާޅު ކުރަމުން ކަމަށެވެ.

"މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބަންދުގައި ތިބެންޖެހޭ ބަޔަކު ދޫނިދޫ ކަސްޓޯޑިއަލްގައި ތިބުމުން އެމީހުންގެ ތެރެއިން ބައެއް މީހުން ގެންދަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުން." އެހެން ނަމަވެސް އެއްވެސް ހަމަނުޖެހުމެއް ނުހިންގާ ކަމަށާއި ދޫނިދޫ ކަސްޓޯޑިއަލްގެ ހާލަތު ނޯމަލް ކަމަށް ފުލުހުން ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

ދޫނިދޫ ޖަލުގައި ހަމަނުޖެހުން ހިންގާ އެތާންގެ ހާލަތު ގޯސްކަމަށް ދަނީ މިއަދު ހަވީރު ބައެއް މީޑިއާތަކުން ރިޕޯޓް ކުރއެވެ.

ދޭތެރެ ދޭތެރެއިން ޖަލުތަކުގައި ހަޅުތާލު ކުރުމާއި އިހްތިޖާޖްކޮށް ހަމަނުޖެހުން ހިންގަން މަސައްކަތް ކުރެއެވެ. މިފަދަ ހަމަނުޖެހުންތަކުގައި ބައެއްފަހަރު އޮފިޝަލުންނާއި ގައިދީންނަށް ވެސް ވަނީ އަނިޔާވެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް