ޚަބަރު

ގައިދުރުކަން ދޫކޮށްލައި ދެ ޙަރަމްފުޅުގައި ކުރި ހުކުރު ނަމާދު، ގިނަ ދުވަސްތަކަކަށް ފަހު މުޅި މިސްކިތް ފުރާލައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
މަސްޖިދުއްޙަރަމްގައި ކުރެވުނު ހުކުރު ނަމާދު

ކޮވިޑް-19 ގައިދުރުކަން ދޫކޮށްލައި ދެ ޙަރަމްފުޅުގައި ކުރި ހުކުރު ނަމާދުގެ ޖަމާޢަތުގައި ގިނަ ދުވަސްތަކަކަށް ފަހު މުޅި މިސްކިތް ފުރާލައިފިއެވެ.

Ads by STELCO

11 ރަބީޢުލް އައްވަލް 1443 ވީ އާދީއްތަ ދުވަހުން ފެށިގެން ޙަރަމައިން ޝަރީފައިންގެ ފުލް ކެޕޭސިޓީ އެނބުރި ރުޖޫޢަކުރިކަން އެ ޤައުމުގެ ދާޚިލީ ވުޒާރާއިން އިޢުލާންކޮށްފައި ވަނީ 17 އޮކްޓޯބަރ 202 ވީ އާދީއްތަ ދުވަހުއެވެ.

އިއްޔެ ކުރެވުނު ހުކުރު ނަމާދަކީ ގިނަ ދުވަސްތަކަކަށް ފަހު ގައިދުރު ކަމާ ނުލައި ބޮޑު ޖަމާއަތެއްގައި ދެ ޙަރަމުގައި ކުރެވުނު ނަމާދެވެ.

ދޮޅު އަހަރަށް ފަހު މި އުސޫލް އުވާލުމުން ޖެހިގެން އައި ފުރަތަމަ ހުކުރުގައި 2 ޙަރަމްގައި ވެސް ހުކުރު ނަމާދުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ. ދެ ޙަރަމްގައި ޖަމާއަތުގައި ނަމާދުކުރާ އިރު ތިބެންޖެހޭ ދުރުމިން ދައްކުވައިދޭ ސްޓިކާތައް ނައްޓައިލާ މިހާރު ޖަމާއަތުގައި ސަފު ހަދަމުން އަންނަނީ ފަޔާއި ފައި އަދި ކޮނޑާއި ކޮނޑު ޖައްސައިގެންނެވެ.

ފުލް ކެޕޭސިޓީގައި ދެ ޙަރަމްފުޅު ހުޅުވައިލި ނަމަވެސް ހަރަމައިން ޝަރީފައިންއަށް ވަދެވޭނީ 12 އަހަރުން މަތީގެ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް މަސްޖިދުލް ޙަރަމްއާއި މަސްޖިދުއް ނަބަވީގެ އެތެރޭގައި މާސްކު ބޭނުންކުރުން މަޖުބޫރެވެ. އަދި ތަވައްކަލަނާ ނުވަތަ އީޓްމަރުނާ އެޕްލިކޭޝަންއިން ހުއްދަ ހޯދައިގެން ނޫން ގޮތަަކަށް އެ ސަރަހައްދަކަށް ނުވަދެވޭނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!