ޚަބަރު

ކަނޑަށް ވެއްޓުނު ކުއްޖާ ހޯދުން ހުއްޓައިލައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މިދިޔަ ހޮނިހިރު ދުވަހު މާލޭން ފުރައިގެން ވ. ފުލިދުއަށް ދަތުރުކުރި ލޯންޗުން ކަނޑުވެ ގެއްލުނު ކުޑަކުއްޖާ ހޯދަން ހަފުތާއެއް ވަންދެން މަސައްކަތް ކުރިއިރު ވެސް ނުފެނުމުން، ހޯދުން ހުއްޓައިލައިފިއެވެ.

Ads by Sosun Fihaara

އެމްއެންޑީއެފްއިން ވިދާޅުވީ، ކުއްޖާ ހޯދުމަށް 4،706 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފައިވާ ކަމަށެވެ.

އެންމެ ހަތަރު އަހަރުގެ ޖުޔަލް ޖިނާހު ގެއްލުނީ ލޯންޗަށް ބޮޑު ރާޅެއް ޖެހުމުން ކަނޑަށް ވެއްޓިިގެންނެވެ.ހަތަރު އަހަރުގެ ކުއްޖާގެ މަންނަ މަރިޔަމް ނާހިދާ، 33، ވަނީ އެ ހާދިސާގައި ކަނޑުވެގެން ނިޔާވެފައެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، ކުއްޖާ ހޯދަން ކުރެވުނު މަސައްކަތް ކާމިޔާބުވެފައި ނުވާތީ ސާޗް އޮޕަރޭޝަން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

އެމްއެންޑީއެފްއިން ސާޗް އޮޕަރޭޝަންތައް ސަސްޕެންޑް ކުރަނީ ގެއްލުނު ފަރާތް ދިިރިހުއްޓާ ފެނިދާނެ ކަމުގެ އުންމީދު ގެއްލުމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!