Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރައީސް ޞާލިޙް ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެ ރަށުގައި އިދިކޮޅުން އަޑު އުފުލައިފި

ރައީސް ޞާލިޙް ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެ ރަށުގައި އިދިކޮޅުން އަޑު އުފުލައިފި

<strong>(ހދ.ކުޅުދުއްފުށިން) </strong>ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހދ.ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެރަށުގައި އިދިކޮޅު ފަރާތްތަކުން އަޑު އުފުލައިފިއެވެ.

މިއަދު ހަވީރު އެރަށުގެ ޓާފް ދަނޑު ހުޅުވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޞާލިޙް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އެ ވަގުތު އިދިކޮޅަށް ތާއީދު ކުރާ ބައެއް ފަރާތްތަކުން ބެނާތަކާއި އަޑު ގަދަ ކުރާ ބޭނުންކޮށް ޝުއޫރު ފާޅުކޮށްފައިވެއެވެ.

މި އިޙްތިޖާޖް ފެށުމަށް ތައްޔާރުވަމުން ދަނިކޮށް ފުލުހުން ވަނީ އެކަމަށް ހުރަސް އަޅާ، ގެންގުޅުނު ބެނާތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

Advertisement
Allied — Dhen Online (box)

އިދިކޮޅު ފަރާތްތަކުން ގޮވަމުން ދިޔައީ އިދިކޮޅު ލީޑަރު ރައީސް ޔާމީން މިނިވަންކޮށްދިނުމަށާއި އިންޑިއާގެ މިލިޓަރީއިން ރާއްޖޭގައި ތިބުން ނިމުމަކަށް ގެނައުމަށެވެ. އަދި ރައީސް ޞާލިޙްގެ އިސްތިއުފާއަށް ވެސް ގޮވައިފައިވެއެވެ.

[caption id="attachment_122166" align="alignnone" width="720"]<img class="wp-image-122166 size-full" src="https://cdn.dhen.mv/wp-content/uploads/2021/10/photo_2021-10-23-18.28.12.jpeg" alt="" width="720" height="360" /> ފުލުހުންވަނީ ބައެއް ބެނާތައް ނަގާފައި[/caption]

ރައީސް ޞާލިޙް ކުޅުދުއްފުއްޓަށް ވަޑައިގަތީ، މިއަހަރުގެ ޒުވާނުންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

ކުޅުދުއްފުށީ ޓާފް ދަނޑު ހުޅުވުމުގެ ކުރިން މިއަދު ހަވީރު ކުޅުނު އެކުވެރި ކަމުގެ މެޗުގައި ބައްދަލު ކުރާނީ ރާއްޖޭގެ ޤައުމީ ޓީމު އަދި ޓީމް ކުޅުދުއްފުށިން ހޮވާލެވޭ ޓީމެކެވެ.

މީގެ އިތުރުން ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ކުޅުދުއްފުށީ ސިޓީގައި ބާއްވާ ރަސްމީ ޖަލްސާ ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުޅުދުއްފުށި ސިޓީއަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް