Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މަހުމޫދުގެ މަރާ ގުޅިގެން ރައްޔިތުން ތުހުމަތު ކުރި ދެ މީހުން ބަންދުން ދޫކޮށްލައިފި

މަހުމޫދުގެ މަރާ ގުޅިގެން ރައްޔިތުން ތުހުމަތު ކުރި ދެ މީހުން ބަންދުން ދޫކޮށްލައިފި

މަހުމޫދުގެ މަރާ ގުޅިގެން ރައްޔިތުން ތުހުމަތު ކުރި ދެ މީހުން ބަންދުން ދޫކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ދެން"އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ހައްޔަރުކުރި ދެމީހުން ވެސް ބަންދުން ދޫކޮށްލައިފައިވާ ކަމަށާއި އެމީހުން ދޫކޮށްލައިފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. މަހްމޫދަށް އަނިޔާކޮށް މަރައިލި ކަމަށް ތުހުމަތުކޮށްފައި ވަނީ އެރަށުގައި އުޅޭ އެހެން ރަށެއްގެ ދެމީހަކަށެވެ. މަހްމޫދުގެ ހަށިގަނޑު ފެނުނުތާ ގަޑިއެއް ހާއިރު ވެސް ނުވަނީސް ރައްޔިތުން ނުކުމެ ތުހުމަތު ކުރެވޭ ދެ މީހުން ވަނީ ފުލުސް އޮފީހާ ހަވާލުކޮށްފައެވެ. އެ ދެމީހުންނަކީ އއ.ތޮއްޑޫ، ފޮރިންވިލާ، އަލީ ޖަމްޝާދު، (31އަހަރު)އާއި ހަމަ އެ ގޭ ޝާރިހް އަލީ، (20އަހަރު)އެވެ. މަޙްމޫދުގެ މަރާ ގުޅިގެން ފުލުހުން މިހާތަނަށް ހައްޔަރުކޮށްފައި ވަނީ މުހައްމަދު ސާލިމް ކިޔާ ބަނގްލަދޭޝްގެ މީހެކެވެ. ކޯޓް އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް އޭނާގެ ބަންދަށް ކޯޓުންް ވަނީ 15 ދުވަސް ޖަހައިފައެވެ. ތަހްގީގުގެ ބޭނުމަށް އެ ރަށުގެ އެކި ތަންތަނަށް އޭނާ ވަނީ ގެންގޮސްފައެވެ. އަދި އޭނާ ކަންކުރި ގޮތް އޭނާ ލައްވައި ކުޅުވައިފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް