Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މަހްމޫދްގެ މަރު: ބިދޭސީ މީހާ ނޫން އިތުރު މީހެއްގެ ބައިވެރިވުން ފެންނާކަށް ނެތް

މަހްމޫދްގެ މަރު: ބިދޭސީ މީހާ ނޫން އިތުރު މީހެއްގެ ބައިވެރިވުން ފެންނާކަށް ނެތް

އދ.ދަގެނތީ ވިޔަފާރިވެރިޔާ މަޙްމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ބިދޭސީ މީހާ ފިޔަވައި އެ މައްސަލައާ ގުޅުން ހުރި އިތުރު މީހެއް މިހާތަނަށް ހިންގި ތަޙްޤީޤުން  ފާހަގަވެފައި ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައިގެ ތުހުމަތުގައި 2021 އޮކްޓޯބަރ 16 ވަނަ ދުވަހުގެ ހެނދުނު 10:30 އެހައިކަންހާއިރު ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ ޝާ އަލޮމް މިއާ (29އ) ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ޝާ އަލޮމް މިއާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އދ. ދަނގެތި މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށާއި މި މައްސަލައިގެ ތަހުގީގުގައި ޝާ އަލޮމް މިއާ އދ. ދަނގެތީގައި ދިރިއުޅެމުންދިޔަ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް، މައްސަލައާ ގުޅުން ހުރިކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ވަޅުލައިފައި ވަނިކޮށް ހޯދައި، ތަހުލީލުކުރުމަށް ޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މީގެ އިތުރުން، މަޙްމޫދު އަބޫބަކުރު މަރައިލުމުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީ މީހާ، ޝާ އަލޮމް މިއާގެ އިތުރުން އިތުރު މީހެއް ނުވަތަ ބައެއްގެ ބައިވެރިވުން އޮތްކަމަށް މިހާތަނަށް ތަހުގީގުގައި ކުރެވުނު މަސައްކަތުން ފާހަގަކުރެވިފައި ނުވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް