އިޓަލީން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފި
 
                                                    އިޓަލީގެ ނިއޮސް އެއަރގެ ދަތުރުތަށް އަލުން ރާއްޖެއަށް ފަށައިފިއެވެ.
ނިއޮސް އެއަރއިން ރާއްޖެއަށް ދަތުރުތަށް ކުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހަފްތާއެއްގެ ވެސް ތިން ދުވަހުއެވެ. އެއީ އާދީއްތަ، ހޯމަ އަދި އަންގާރަދުވަހެވެ.
ނިއޮސް އެއަރއިން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ ވައިޑް ބޮޑީ، 350 ސީޓުގެ މަތިންދާ ބޯޓެކެވެ.
ނިއޮސް އެއަރއިން މީގެ ކުރިންވެސް ރާއްޖެއަށް ދަތުރުތަށް ބާއްވައިފައިވެއެވެ. ނަމަވެސް ކޮވިޑްގެ ހާލަތާ ގުޅިގެން އެ އެއަރލައިނުން ރާއްޖެއަށް ބާއްވަމުން އައި ދަތުރުތައް ވަނީ މެދުކަނޑައިލައިފައެވެ.
ރާއްޖެއަށް މިހާރު ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށް ބަލާއިރު މި މަހުގެ މިހައިތަނަށް ޖުމްލަ 91،628 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް 4،363 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރެއެވެ.
 
 
  
  
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
