Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޕީޕީއެމްއާ އެކު މަސައްކަތް ކުރިޔަސް، ރައީސް ޔާމީނާއެކު މަސައްކަތެއް ނުކުރާނަން: ނާޒިމް

ޕީޕީއެމްއާ އެކު މަސައްކަތް ކުރިޔަސް، ރައީސް ޔާމީނާއެކު މަސައްކަތެއް ނުކުރާނަން: ނާޒިމް

އިދިކޮޅުގައި މި ވަގުތު އޮތް ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްއާ އެކު މަސައްކަތް ކުރައްވަން ތައްޔާރު ކަމަށާއި އެހެން ނަމަވެސް ރައީސް ޔާމީނާ އެކު މަސައްކަތް ކުރަން ތައްޔާރު ނޫން ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީގެ ވަގުތީ ރައީސް ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އިލެކްޝަނުގައި އެމްއެންޕީ ރެޖިސްޓްރީ ކުރުމަށް ފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ، އެ ޕާޓީގެ އަސާސްތައް ޤަބޫލު ކުރާ ޕާޓީގެ މެންބަރުންނާ އެކު މަސައްކަތް ކުރަން އެންއެންޕީ އޮތީ ތައްޔާރަށް ކަމަށެވެ. އަދި ޕީޕީއެމްގެ މެންބަރުންނާ އެކު މަސައްކަތް ކުރަން ތައްޔާރު ކަމަށާއި އެހެން ނަމަވެސް ރައީސް ޔާމީން އަބްދުލްޤައްޔޫމާއެކު މަސައްކަތް ނުކުރައްވާނެ ކަމަށެވެ.

"ޕީޕީއެމްއާއެކީގައި އަޅުގަނޑު މަސައްކަތް ކުރާނަން، އެކަމަކު ރައީސް ޔާމީނާ އެކުގައި އަޅުގަނޑު މަސައްކަތެއް ނުކުރާނަން. އެއީ ވަރަށް ސާފު ކަމެއް" ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ނާޒިމް ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

ނާޒިމް ވަނީ ރައީސް ޔާމީނާ އެކު މަސައްކަތް ނުކުރައްވާނެ ސަބަބު ވެސް ވިދާޅުވެފައެވެ.

"ރައީސުލް ޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވައިގެން އެ ބޭފުޅެއްގެ އެކައުންޓަށް 100 މިލިޔަން ރުފިޔާ ޖަމާވީ، ކޮންމެ ވާހަކައެއް ދެއްކިޔަސް އަޅުގަނޑުގެ ޟަމީރު ޤަބޫލު ނުކުރަނީ ދެން އެ ފަދަ ބޭފުޅަކު މަޤާމަށް ގެނެސްގެން އަޅުގަނޑު މަސައްކަތް ކުރުމަކީ އެހާ ރަނގަޅު ކަމަކަށް ޤަބޫލެއް ނުކުރޭ" ނާޒިމް އިތުރަށް ވިދާޅުވީ، ރައީސް ޔާމީނާއެކު ކުރި ތަޖުރިބާއިން ވަރަށް ގިނަ ކަންކަން އެނގުނު ކަމަށެވެ. ނަމަވެސް ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރަކަށް ހުންނެވި ނާޒިމް މަޤާމުން ދުރުކުރީ، ނާޒިމް ދިރިއުޅުއްވި ގެއިން ފިސްތޯލެއް ފެނިގެންނެވެ. ނާޒިމްގެ މައްޗަށް 11 އަހަރު ޖަލު ހުކުމެއް އޭރު ކުރިއިރު، ފަހުން ސްޕްރީމް ކޯޓުން ޙުކުމް ވަނީ ބާތިލްކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް