ޚަބަރު

ހިޔާ މަޝްރޫޢަކީ ޖަރީމާއެއް ކަމަށް ބުނެ މަޖިލީހަށް މައްސަލައެއް

ރައުފާ ރަޝީދު ، ދެން އޮންލައިން

ހިޔާ މަޝްރޫޢުގެ ތެރެއިން ބިނާކޮށްފައިވާ ހައުސިން ޔުނިޓަކީ ޖަރީމާއެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

Ads by MWSC

މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުޙައްމަދު ފަލާޙެވެ.

މި މައްސަލަ ހުށަހަޅުއްވަމުން ފަލާހް ވިދާޅުވީ ހިޔާގެ ނަމުގައި 7,000 ހައުސިން ޔުނިޓް އިމާރަތްކޮށް މި މަޝްރޫއުއާ ގުޅިގެން ހިންގައިފައިވާ ޖަރީމާތަކަށް ފިޔަވަޅު އެޅުމަށް ގޮވައިލާ ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް ފަސޭހައިން ބޯހިޔާވަހިކަން ދިނުމާއި އަގުހެޔޮކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ނަމުގައި ހައުސިން ޔުނިޓް އިމާރަތް ކުރުމަށް ހިޔާގެ ނަމުގައި ފެށި މި މަޝްރޫއުގެ ދަށުން ފައިދާވާން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމާއި މަކަރާއި ކޮރަޕްޝަން އެކުލެވިގެންވާ ކަމާއި ރައްޔިތުން ދިރިއުޅުމަށް އިމާރާތް ކުރާ ތަނެއްގައި ފުރިހަމަ ވާން ޖެހޭ އަސާސީ ކަންތައްތައް ފުރިހަމަކޮށްފައި ނުވާ ކަމަށް ފަލާހް ވިދާޅުވިއެވެ.

މީގެ އިތުރުން ފަލާހް ވިދާޅުވީ ހިޔާ ފްލެޓްތަކުގައި ދިރިއުޅެން ފަށައި ރައްޔިތުންނަށް ފަސޭހަވާ ގޮތަށް ކަންކަން ހަމަޖައްސައިދިނުމުގެ ބަދަލުގައި ގަސްތުގައި އަދި އިހުމާލުން ހިންގައިފައިވާ ކަންކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ދާއިމީ ގޮތެއްގައި ނުހަނު ބޮޑު ގެއްލުނަތައް ލިބިދާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި "އިސްވެ ދެންނެވުނު މަޝްރޫއު ހިނގައިފައިވާ ގޮތާއި ހައުސިން ޔުނިޓްތަކުގެ އަގު ކަނޑައަޅާފައިވާ ގޮތާ މެދު ހައުސިން ޔުނިޓް ލިބުނު ފަރާތްތަކާއި އެހެނިހެން ފަރާތްތަކުގެ މެދުގައި ނުހަނު ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާކަން ފާހަގަކުރެވިފައި ވޭ" ކަމަށް ފަލާހް ވިދާޅުވިއެވެ.

މީގެ އިތުރުން އެ މަޝްރޫޢުގެ ދަށުން އަޅައިފައިވާ ފުލެޓުތަކުގެ އަގާ ގުޅޭ ގޮތުން ޕްލޭނިން މިނިސްޓްރީންނާއި އެޗްޑީސީން ކަމުގެ ހަގީގަތް އޮޅުންފިލުވައިދިނުމުގެ ގޮތުން އެކި ފަހަރު މަތިން ކުރި މަސައްކަތަކީ ޞައްޙަ މައުލޫމާތު ނޫން ކަމަށް ދެއްކުމަށް ޓަކައި ހަގީގަތް ފޮރުވަން ބަޔަކު މަސައްކަތްކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Ads by HDC
  1. ކައުންސެލަރު

    ރަށުތެރެއިން އެހެންކަމަކާ އުޅެބަލަ. އަމިއްލައަށް ގޯސްނުހަދާ. ތިމާމެންނަށް ކަންކަން ނުވީމާ އެހެންމީހުންނަކަށްނޫން ވަރުބާލާނީކީއެއް. ދެރަކަމެއްނު

  2. އަންސާފަށް ލޯބިކުރޭ

    ހިޔާ އެޕާރޓުމަންޓަކަށް ވަދެ ނުކުޅެދުން ތެރިކަން ހުރި އާއިލާރަކުގެ ހާލަތު ބެލުމައްފަހު ވާހަކަ ދައްކަން ވާނީ.
    އެފަރާތް ތަކުގެ ކޮން ކުށެއް އޮވެގެން ތިޔަފަރާތުން ތި ކަންބޮޑުވަނީ.
    އުފެދުމުގައި ހަށިގަނޑު ފުރިހަމަނުވުން އެއީ ޤުދުރަތުގެ ޤާނޫނު.
    ނަމަވެސް އެފަރާތް ތަކުގެ ހައްޤު ބުނެވޭ ބަހަކުން ވެސް ތިފަރާތުގެ އިހުމާލުން ގެއްލުން ގާތް.
    ވިސްނާލާ

  3. ޢަލީ

    ހިޔާ މަޝްރޫޢުގެ ތެރެއިން ބިނާކޮށްފައިވާ ހައުސިން ޔުނިޓަކީ ޖަރީމާއެއް ނޫން ވަރަށް ސާފު ، ދިވެހި ރައްޔިތުންނަށް ފަސޭހައިން ބޯހިޔާވަހިކަން ދިނުމާއި އަގުހެޔޮކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހައުސިން ޔުނިޓް އިމާރަތް ކޮއްފަހުރީ ، ހިޔާގެ ނަމުގައި ފެށި މި މަޝްރޫއުގެ ދަށުން ފައިދާވާން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމާއި މަކަރާއި ކޮރަޕްޝަން އެކުލެވިގެންވާ ކަމާއި ރައްޔިތުން ދިރިއުޅުމަށް އިމާރާތް ކުރާ ތަނެއްގައި ފުރިހަމަ ވާން ޖެހޭ އަސާސީ ކަންތައްތައް ފުރިހަމަކޮށްފައި ނުވަނީ މިހާރު ޔާމީން ވެރިކަމުގައި ހުރިނަމަ ތިތަން ރައްޔިތުންނަށް ދައްކާނެ ފެންވަރުގަ. ގުނބޯ ހައްދާފަ ތިމާމެންބެނުންބަޔަކަށްދިނީ، ކަލޯމެން އަހަރެމެނަކަށ އޮޅުވައެއްނުލެވޭނެ. ސޯޓަށް ސީލަނީތި. ބައެއްރައްޔިތުންނަށ އޮޅުވާލާ އެވެސް ތިމާދުވާލެކޭ ބުނީމަގަބޫލްކުރާ މީހުން ހައްތާވެސް ދުވަލުދޯ