Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ދަންޖެހުނުކަމަށް ބުނާ ބިދޭސީ ނަރުސް މީހާގެ ފިރިމީހާ ހައްޔަރު ކޮށްފި

ދަންޖެހުނުކަމަށް ބުނާ ބިދޭސީ ނަރުސް މީހާގެ ފިރިމީހާ ހައްޔަރު ކޮށްފި

އައިޖީއެމްއެޗުގައި މަސައްކަތް ކުރާ ފިލިޕިންސް ނަރުހަކު ދަންޖެހިގެން މަރުވި ކަމަށް ބުނާ މައްސަލައިގައި އޭނާގެ ފިރިމީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވެފައި ވަނީ، މި މަހުގެ 19 ވަނަ ދުވަހު ހުށަހަޅައިފައިވާ މި މައްސަލައާ ގުޅިގެން އުމުރުން 29 އަހަރުގެ މީހަކު މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ ގޮތުން ހައްޔަރު ކޮށްފައި ވަނީ ފިލިޕީންސް ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ވިދާޅުވީ، ޕޯސްޓުމޯޓަމް ހެދުމަށް އަންހެން މީހާގެ ހަށިގަޑު ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން ދާކަމަށާއި މައްސަލަ މިހާރު ތަޙްޤީޤް ކުރަމުން އަންނަ ކަމަށެވެ.

Advertisement
HDC — Sidebar (box)

މައްސަލައިގައި ހައްޔަރު ކުރި މަރުވި މީހާގެ ފިރިމީހާއަކީ ވެސް ނަރުހެކެވެ. އެ ދެ މީހުންނަކީ ފަސް އަހަރުގެ ދަރިފުޅާ އެކު ރާއްޖޭގައި ދިރިއުޅެމުން އައި ދެމީހުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް