Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ފަނޑިޔާރުންގެ އޯޑިއޯތަކުގެ މައްސަލަ ލަސްވާތީ އިދިކޮޅުން އަނެއްކާ ވެސް ޕީޖީއާ ބައްދަލު ކުރަން އެދެފި

ފަނޑިޔާރުންގެ އޯޑިއޯތަކުގެ މައްސަލަ ލަސްވާތީ އިދިކޮޅުން އަނެއްކާ ވެސް ޕީޖީއާ ބައްދަލު ކުރަން އެދެފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ހުކުމް އިއްވުމަށް ނުފޫޒު ފޯރުވިކަމަށް ދޭހަވާ ގޮތަށް ކްރިމިނަލް ކޯޓްގެ ތިން ފަނޑިޔާރުންތަކެއް ދައްކައިފައިވާ ވާހަކަތައްކަމަށް ބުނާ އޯޑިއޯތަކުގައި ލީކުކޮށްލި މައްސަލައިގައި ފުލުހުން އަދި ޕީޖީގެ ޚަބަރެއް ނުވާތީ އަނެއްކާ ވެސް އެ ފަރާތްތަކާ ބައްދަލުކުރަން އިދިކޮޅު ކޯލިޝަނުން އެދިއްޖެއެވެ.

ފަނޑިޔާރުންގެ އޯޑިއޯތައް ލީކްވުމާ އެކު އެއޯޑިއޯގައި ވާހަކަދައްކާ ކަމަށް ބުނާ ފަނޑިޔާރުން ވަނީ އެއީ ސައްހަ އޯޑިއޯތަކެއް ނޫންކަމަށް ބުނެފައެވެ. އެހެން ނަމަވެސް މި އޯޑިއޯތަކުގެ މައްސަލަ ޖޭއެސްސީން ވެސް ވަނީ ވަގުތުން ބަލަން ފަށައިފައެވެ.

މައްސަލަ ބަލަމުން ދިޔަ ނަމަވެސް އެ އޯޑިއޯތަކުގެ މައްސަލައިގައި ހަބަރެއް ނުވެ ގިނަ ދުވަސްތަކެއް ވެފައިވާތީ ޕީޖީއާއި ފުލުހުންނާ ބައްދަލުކުރަން އިދިކޮޅުން އެދިފައިވާކަމަށް އިދިކޮޅުން ބުނެއެވެ.

Advertisement
Allied — Dhen Online (box)

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މީގެ ކުރިން  ބުނެފައި ވަނީ މިމައްސަލަ ތަހުގީގް ކުރުމަށް ފުލުހުންގެ ކިބައިގައި ކޮމިޝަނުން އެދުމުން، މީސް މީޑިއާގައި ދައުރުވާ އޯޑިއޯގައި ހިމެނޭ ތިން ފަނޑިޔާރުންގެ އޯޑިއޯ ފުލުހުންނަށް ދީފައިވާ ކަމަށެވެ.  އޭގެ ފަހުން އޯޑިއޯތަކުގެ މައްސަލައިގައި ކަން ހިނގައި ދިޔަ ގޮތުގެ މާބޮޑު މައުލޫމާތެއް އާއްމުންނާ ހަމައަށް ތިލަވެފައެއް ނުވެއެވެ. އަދި އެކަމާ އިދިކޮޅުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް