ޚަބަރު

އެމްއެންޕީގެ ޚަޒާންދާރަކަށް އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު ފަރާތެއް!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ރާއްޖޭގެ ތާރީޚުގައި ހިނގައިދިޔަ ޚިޔާނާތުގެ އެންމެ ބޮޑު އެއް މައްސަލައިގައި ފައިސާ ލިބުނުކަމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ނެރުނު ރިޕޯޓްގައި ހިމެނުނު ފަރާތްތަކަށް، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޚަޒާންދާރުކަން ދީފިއެވެ.

Ads by MWSC

މޯލްޑިވްސް ނެޝަނަލް ޕާޓީއިން ވިދާޅުވީ އެގްޒެކްޓިވް ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުން، ޕާޓީގެ ހަޒާންދާރުގެ މަޤާމަށް ޢަބްދުއްރަޝީދު ޙަސަން އައްޔަންކޮށްފައިވާ ކަމަށެވެ. ޢަބްދުއްރަޝީދު ޙަސަންއަކީ އެމްއެންޕީއާރްސީގެ ޚިޔާނާތުގައި 2.43 މިލިޔަން ޑޮލަރު އަދި 3 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އޭސީސީ ގެ ރިޕޯޓްގައި ބަޔާންކޮށްފައިވާ ފަރާތެކެވެ.

މިކަމާ ގުޅިގެން އެމްއެންޕީގެ ތަރުޖަމާނު އަސްރާ އަޙްމަދު ވިދާޅުވީ، ޢަބްދުއްރަޝީދު ޙަސަންއަކީ ޑޮލަރު އެކްސްޗޭންޖް ކުރުމުގެ ލައިސެންސް އޮންނަ ފަރާތެއް ކަމަށާއި ރިޕޯޓްގައި ބަޔާން ކުރި މުއާމަލާތަކީ ސައްޙަ މުއާމަލާތެއް ކަމަށެވެ. އަދި ޕާޓީގެ ފަރާތުން ފަހުން ބަހެއް ހާމަ ކުރައްވާނެކަމަށް ވިދާޅުވިއެވެ.

އޭސީސީއިން އޭރު ނެރުނު ރިޕޯޓްގައި އެމްއެމްޕީއާރުސީގެ ފައިސާއިން އެސްއޯއެފް ކުންފުނި މެދުވެރިކޮށް ޑޮލަރު ޖަމާކުރި 155 ފަރާތެއް ވަނީ ހިމަނައިފައެވެ. ނަމަވެސް ލިސްޓްގައި މުއާމަލާތް ހިންގި ހުރިހާ ފަރާތްތަަކަކީ މި ހިޔާނާތުގައި ބައިވެރިވި މީހުން ކަމަށް ބުނެފައި ނުވާނެކަމަށް ކުރިން ވިދާޅުވެފައި ވެއެވެ.

އެމްއެމްޕީއާރުސީގެ މައްސަލަ ތަޙްޤީޤް ކުރުން ލަސްވާ މައްސަލައިގައި އެ ކޮމިޝަނުން ، ރައްޔިތުންގެ މަޖިލީހުގައި ދާދިފަހުން ވަނީ ވާހަކަ ދައްކައިފައެވެ. މިގޮތުން ވިދާޅުވެފައި ވަނީ، އެމްއެމްޕީއާރުސީއާ ގުޅުން ހުރި 338 ފަރާތެއްގެ މައްސަލަ ބަލަން ޖެހޭ ކަމަށާއި އެ މައްސަލަތަކުގެ ތެރެއިން މިހާތަނަށް ނިމިފައި ވަނީ 38 މައްސަލަ ކަމަށެވެ. އަދި ނުނިމި 223 މައްސަލައެއް އެބަހުރި ކަމަށާއި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަޙްޤީޤް އަވަސްކުރަން އިތުރު 4 މިލިއަން ރުފިޔާއާއި އިތުރު 12 މުވައްޒިފުން ބޭނުންވާ ކަމަށް ވިދާޅުވެފައި ވެއެވެ. އެހެންކަމުން އެ ބަޖެޓު ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީގައި އެދެން ނިންމައިފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

Ads by Allied Insurance
  1. ހަސަން

    އެހެންޕާޓީ ތަކުގެ ވާހަކަ ދައްކާނެ އަގަ އޮތީތީވެ. ހަމަ ބޭނުން ބަޔަކަށް މަގާމުތަށް ތިދިނީ . އަބުސީ އަކީ ނާޒިމުގެ ވަރަށް އަރިސް ބޭފުޅެއް. މީ ވަރަށް ވާހަކަ.

  2. ބަނާނާ

    ތިޔަ ޕާޓީ އަކީ ވެސް އިބޫއާއެކު ޑީލް ހަދައގެންތިބި އެމްއެމްޕީއާރުސީގެ ފައސާގަ ޖެހިފައި ތިބި ވަގުންގެ ޕާޓީއެއް.

  3. ނަޒަރ

    ފައްކާ ޕާޓީއެއް ތީ.. އުފެދުނީވެސް އިންޑުޔާގެ ގޮނޑިކޮއްކޮނއެއްގެ ގޮތުގަ. ޕޮލިސީއެއް ނެތް.