އަލިފާނުގެ ހާދިސާއާ ގުޅިގެން ހުކުރު މިސްކިތް ވަގުތީ ގޮތުން ބަންދުކޮށްފި

ރޭ ހިނގައިދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން ހުކުރު މިސްކިތް ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މާލޭ ހުކުރު މިސްކިތުގައި ރޭ ކަރަންޓު ޝޯޓުވުމުގެ ސަބަބުން ކަރަންޓު ނަރުތައް ހަލާކުވެފައި ވާތީ މައްސަލަ ހައްލު ވަންދެން މިސްކިތް ވަގުތީގޮތުން ބަންދުކޮށްފައިވާ ކަމަށެވެ. އަދި މިއަދު ހުކުރު މިސްކިތުގައި ހުކުރު ނަމާދުކުރުން ވެސް ނޯންނާނެކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
ރޭ މި ހާދިސާ ހިނގައިފައި ވަނީ 20:50 ހާއިރު ކަރަންޓު ސޯޓެއްވުމުގެ ސަބަބުން ފަންކާއެއްގައި ރޯވެގެންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވި ނަމަވެސް، މިސްކިތުގެ ގިނަ ތަންތަނަށް ގެއްލުންތަކެއް ވަނީ ލިބިފައެވެ.