Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ދެން ދަރިވަރުން ފާޚަނާއަށް ފޮނުވާނީ ޓީޗަރުންގެ ބެލުމުގެ ދަށުން

ދެން ދަރިވަރުން ފާޚަނާއަށް ފޮނުވާނީ ޓީޗަރުންގެ ބެލުމުގެ ދަށުން

އުމުރުން ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ސްކޫލުގައި މަސައްކަތް ކުރަމުން އަންނަ ހުރިހާ މަސައްކަތު މީހުން، އެމީހުންގެ މަސައްކަތުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފިއެވެ.

މިކަން ހިނގައިދިޔަ ، ގަލޮޅު މަދަރުސާގެ މެނޭޖްމެންޓުން ބެލެނިވެރިންނަށް ފޮނުވި ބަޔާނެއްގައި ބުނެފައި ވަނީ މިމަހުގެ 29ވަނަ ދުވަހުން ފެށިގެން މަސައްކަތު ދައްތަމެން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކޮށްފައިވާ ކަމަށެވެ. އަދި މިއަދުން ފެށިގެން ފާޚާނައަށް ދާނީ ކްލާސް ޓީޗަރުގެ ބެލުމުގެ ދަށުން ކަމަށާއި ފާޚާނާ ކުރުމަށް ފަހު އެހީތެރިކަން ބޭނުންވާ ދަރިވަރަކުވާ ނަމަ އެހީތެރިކަން ފޯރުކޮށްދިނުމަށް ބެލެނިވެރިޔާއަށް އެންގޭނެ ކަމަށް އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސްކޫލުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ނިންމައި 18 ސަރަހައްދެއް މޮނިޓަރކުރަން ނިންމައިފައިވާ ކަމަށް ސްކޫލުގެ ބަޔާނުގައިވެއެވެ.

Advertisement
Allied — Dhen Online (box)

އާއިލާއާ ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަތަރު އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައި ވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އަދި ގޯނާ ކޮށްފައިވަނީ ފާޚާނާއަށް ކުއްޖާ ގޮވައިގެން ދިޔަ މަސައްކަތު އަންހެނެކެވެ. މިމައްސަލައިގައި ފިޔަވަޅު އެޅުމުގެ ބަދަލުގައި، މައްސަލަ ހިންދައިލަން ސްކޫލުން މަސައްކަތްކުރާ ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ.

މިމައްސަލަ ސްކޫލާއި އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން ފުލުހުންދަނީ ތަޙްޤީޤް ކުރަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް