ޚަބަރު

ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވުނު އަމީނިއްޔާގެ ޓީޗަރު ވަޒީފާއިން ވަކިވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަމީނިއްޔާ ސްކޫލުގައި ދަރިވަރުންނަށާއި މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވޭ ޓީޗަރު ވަޒީފާއިން އަމިއްލައަށް ވަކިވެއްޖެއެވެ.

Ads by STELCO

އަމީނިއްޔާ ސުކޫލުގައި ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތުކޮށްފައި ވަނީ އަރަބި ބަސް ކިޔަވައިދޭ ޓީޗަރެއްގެ މައްޗަށެވެ. މި މައްސަލަ ފެންމަތިވުމާ އެކު އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެކަމާ ގުޅިގެން އިދާރީ ތަހުގީގެއް ފަށައި އެ ޓީޗަރު ސަސްޕެންޑު ވެސް ކޮށްފައެވެ.

"އަޅުގަނޑުމެން މި ދަނީ އިދާރީ ތަހުގީގެއް ކުރަމުން. އަދި ފުލުހުން ވެސް މައްސަލަ ބަލާނެ. އެކަމަކު އޭނާގެ މައްޗަށް މައްސަލަ ސާބިތު ނުވާހާ ހިނދަކު، އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ އިހްތިޔާރު އޮންނާނެ" މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ މިއަދު ވިދާޅުވިއެވެ.

އަރަބި ބަސް ކިޔަވައިދޭން ގެނައި އެ ޓީޗަރު ވަޒީފާއިން ސަސްޕެންޑް ކުރުމާ އެކު، އޭނާ ރާއްޖޭން ފުރައިފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. ނަމަވެސް، އެކަން އަދި ކަށަވަރެއް ނުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!