ޚަބަރު

އިކްރާމްގެ ވިސްނުންފުޅަކީ އެމްޑީޕީގެ ވިސްނުމެއް ނޫން: ހަސަން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ގްރޭޓަރ މާލޭ އޭރިއާއަށް ސިޓީ ކައުންސިލެއް ބޭނުން ނުވާ ކަމަށާއި އެ އޭރިއާގެ ހުރިހާ ކަމެއް ކުރަންވީ މައި ސަރުކާރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވުމުން، އެމްޑީޕީގެ ޗެއަރޕާސަން ރައްދު ދެއްވައިފިއެވެ.

Ads by MWSC

މިއަދު ކުރެއްވި ޓްވީޓެއްގައި އިކްރާމް ވިދާޅުވީ، ސަރުކާރު ޤާއިމްވެ އޮންނަ ސިޓީގައި، އިތުރު ސިޓީ ކައުންސިލެއްގެ ދައުރު މުހިންމު ނޫން ކަމަށާއި މައި ސަރުކާރަށް އެ ސިޓީ ހިންގޭނެ ކަމަށެވެ.

"މައި ސަރުކާރު ހިންގާ ސިޓީގައި އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ މައި ސަރުކާރުން އެ ސިޓީ ހިންގުން. ގްރޭޓާ މާލެ އޭރިއާގައި ސިޓީ ކައުންސިލެއް ބޭނުމެއް ނުވޭ." އިކްރާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

މި އަހަރު ކުރީކޮޅު އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލްގެ ސްޕަ މެޖޯރިޓީ އިދިކޮޅު ޕީޕީއެމްއިން ވަނީ ހޯދައިފައެވެ. މާލޭ ސިޓީގެ މޭޔަރުކަން ކުރައްވަމުން ގެންދަވަނީ ވެސް ޕީޕީއެމްގެ މެމްބަރު ޑރ.މުޢިއްޒެވެ. މިއާ އެކު ކައުންސިލާއި ސަރުކާރާ ދެމެދު ބައެއް ދެބަސްވުންތައް އުފެދެއެވެ.

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ސިޔާސަތެކެވެ. މިއަދު އިކްރާމް ކުރެއްވި ޓްވީޓަށް ރިޕްލައި ކުރައްވަމުން އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ، އިކްރާމްގެ ވާހަކަފުޅަކީ އެމްޑީޕީގެ ވިސްނުމެއް ނޫން ކަމަށެވެ. އަދި އެއީ އެމްޑީޕީގެ ސިޔާސަތެއް ނޫން ކަމަށާއި އެކަމާ ލަދުވެތިވާ ކަމަށް ވެސް ވިދާޅުވިއެވެ.

  1. ީިިކުރަމޮ ގެޔަހވަދެ

  2. ޢަވާމެނދުރު

    މުއިއްޒުމޭޔަރުކަމުގަހުންނާތީތަ ކައުންސިލުއުވާލައްވީ