ރާޖަޕަކްސަ ކަޕް: ލަންކާ ސަޕޯޓަރުންނަށް 200 ރުޕީސް، ދިވެހި ސަޕޯޓަރުންނަށް ވަދެވޭނީ 5000ރުޕީސްއަށް

މަހިންދަ ރާޖަޕަކްސަ ޓްރޮފީ ފޯ ނޭޝަންސް ކަޕްގައި ލަންކާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަށް ދިވެހިންނަށް ޓިކެޓެއް ވިއްކާނީ 5000 ލަންކާ ރުޕީސް (385 ރުފިޔާ) އަށް ކަމަށް ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން އިއުލާން ކޮށްފިއެވެ.
ލަންކާގެ ފުޓުބޯޅަ ފެޑަރޭޝަނުން ބުނީ ޓިކެޓު ވިއްކުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 3 އިން މިރޭ 9އަށް އަދި މާދަމާ މެންދުރުކުރި 11 އިން މެންދުރު 2އަށް ކަމަށެވެ. މި މެޗުގެ ޓިކެޓު ވިއްކަން ހަމަޖެހިފައި ވަނީ ކޮވިޑް ވެކްސިނުގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށެވެ.
މާދަމާ ކުޅޭ މެޗުގައި ދިވެހިންނަށް ޚާއްޞަކޮށްފައިވާ ޓިކެޓު ވިއްކުމަށް ހަމަޖެހިފައި ވަނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީއާއި ކޮލަމްބޯގައި ހުންނަ ދިވެހި އިޖުތިމާޢީ މަރުކަޒުންނެވެ.
ސްރީލަންކާގައި މިމަހުގެ 8 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފޯ ނޭޝަންސް ކަޕްގައި ބައިވެރި ވަނީ ސްރީލަންކާ ދިވެހިރާއްޖޭގެ އިތުރުން ބަނގްލަދޭޝްއާއި ސީޝެލްސްއެވެ.
ތި މެޗު ބަލަން ދާނީ މަދު ބަޔަކު ކަމަށް ލަފާކުރެވެނީ.