ޚަބަރު

މިނިވަމް ވޭޖް ރަނގަޅު ނޫން ނަމަ ވޯޓުން އެކަން ދައްކައިދީ: ފައްޔާޒް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިނިމަމް ވޭޖުން ޖުމްލަކޮށް އެންމެންނަށް އޮތީ ފައިދާ ކަމަށާއި މިނިމަމް ވޭޖް ކަނޑައެޅި ގޮތާ މެދު ހިތްހަމަނުޖެހުމެއް އުޅޭ ނަމަ، އެކަން ދައްކަން ޖެހޭނީ އަންނަ ރިޔާސީ އިންތިހާބުގެ ވޯޓުން ކަަމަށް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒް އިސްމާޢިލް ވިދާޅުވެއްޖެއެވެ.

Ads by STELCO

މިނިމަމް ވޭޖް އިއުލާންކުރެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ފައްޔާޒް ވިދާޅުވީ، މިނިމަމް ވޭޖް ކަނޑައަޅުއްވައިފައި ވަނީ، ދުރު މުސްތަޤްބަލުގައި ނަފާ ލިބޭނެ ގޮތަށް ކަމަށެވެ.

"މިއަދު އިއުލާން ކުރެވިގެންދާ އަދަދުތަކަކީ ވަރަށް ރަނގަޅު، މިއަދުގެ ހާލަތަށް ބަލާ ވަޒީފާ އަދާކުރާ ފަރާތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ، އަދި ވިޔަފާރިތަކަށް ދުރު މުސްތަޤްބަލުގައި ނަފާ ލިބިގެންދާނެ، ރީޒަނަބަލް އަދަދުތަކެއް" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒްގެ ވާހަކަފުޅުގައި ވިދާޅުވީ، މިނިމަމް ވޭޖާ އެކު ވިޔަފާރިތަކަށް ވެސް ބޮޑު ހަރަދެއް ހޭދަވާނެ ކަން އެނގިވަޑައިގަންނަވާ ކަމަށާއި ސަރުކާރުގެ ތެރެއިން ވިޔަފާރިތަކަށް އިތުރު ލުއި ގޮތްތައް ގެންނާނެ ކަމަށް ނިންމަވައިފައިވާ ކަމަށެވެ. އަދި މިއަދުގެ ނިންމުމުގެ ސަބަބުން ދުރު އަދި މެދު ރާސްތާގައި ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށާއި ކުރު ރާސްތާގައި މީގެ ނެގެޓިވް އިންޕެކްޓްތަކެއް ފެނުމަކީ ގާތްކަމެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، ސަރުކަރުން މިނިމަމް ވޭޖް ކަނޑައެޅީ ވަރަށް ބޮޑަށް ވިސްނައިފައި ކަމަށާއި މިނިމަމް ވޭޖާ މެދު ދެބަސްވާ ނަމަ އެކަން ވޯޓުން ދެއްކެވުމުން ރަނގަޅުވާނެ ކަމަށެވެ.

"މި ނިންމުމާ މެދު ހިތްހަމަ ނުޖެހޭ ނަމަ ވޯޓުން އެ ބޭފުޅަކަށް ފެންނަ ގޮތަށް އަމަލު ކުރެއްވީމާ ހުންނާނީ ރަނގަޅަށް. އެއަށް ވުރެ ރަނގަޅު ގޮތަކަށް ހުށަހަޅާ ބަޔަކަށް ވޯޓު ދިނީމާ ރަނގަޅުވާނެ. މި ގޮތް ކަމުނުދަންޏާ އެ ގޮތަށް އަމަލު ކުރައްވާ،" ފައްޔާޒް ވިދާޅުވިއެވެ.

Ads by Allied Insurance
  1. ޟަރޫ

    ފެންނާނެ ތިކަން ވަރަށް އަވަހަށް ހެހެހެ

  2. ދިވެހި ދަރިޔާ

    ކޮންމެކަމެއް ކޮށްދޭންޖެހޭނީ ވޯޓު ގަންނަން ކަމަށްވާނަމަ ،އިޚްލާސްތެރިކަމުގެ ބޭނުމެއް ނޯންނާނެ.

    • ށަވިޔަނި

      ޔަޤީން ކަމެއް ނެތީދޯ ހެހެ

    • ކޮންމެކަމެއް ކޮށްދޭންޖެހޭނީ ވޯޓު ގަންނަން ކަމަށްވާނަމަ ،އިޚްލާސްތެރިކަމުގެ ބޭނުމެއް ނޯންނާނެ.

      ކޮންމެކަމެއް ކޮށްދޭންޖެހޭނީ ވޯޓު ގަންނަން ކަމަށްވާނަމަ ،އިޚްލާސްތެރިކަމުގެ ބޭނުމެއް ނޯންނާނެ

  3. ބޯގަން

    ކޮންމެ ގޮތަކަށް ތި ވޭޖް ކަނޑައެޅިޔަސް ހިތްހަމަ ނުޖެހޭ މީހުން އުޅޭނެ. ޢެކަމަކު މިނިސްޓަރަކަށް ވެ ހުރެ ތިމާގެ މޮޅުކަމާ ގަދަކަން ދައްކަން ބަސްބުނާއިރު، އެއީ ތިމާ އިޚްލާސްތެރިކަމެއް ނެތް ކަމުގެ ހެއްކެއްކަން ހަނދާންބަހައްޓަން ވާނެ. މިނިމަމް ވޭޖް ރަނގަޅު އެކަމަކު ވޯޓެއް ނުދޭނަން.