ޚަބަރު

އެމްއެންޔޫގެ ހަތަރު ދިރާާސާއަަކަށް އަށް ލައްކަ ރުފިޔާ އެވޯޑްކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން ދެމުންދާ އެހީގެ ދަށުން އެކި ދާއިރާތަކުން ދިރާސާ ކުރުމަށް އަށް ލައްކަ ރުފިޔާ އެވޯޑް ކޮށްފިއެވެ.

Ads by STELCO

ފައިސާގެ ގްރާންޓް އެވޯޑްކޮށްފައިވާ 4 ދިރާސާއަކީ މަސްވެރިކަމަށް ބޭނުންވާ އެން ލިބޭނެ ސަރަހައްދުތައް ދައްކުވާދޭ ޗާޓެއް ހެދުމުގެ ދިރާސާ، ސްޓެމް އެޑިއުކޭޝަން ފްރޭމްވޯކްއެއް ހެދުމުގެ ދިރާސާ، ރާއްޖޭގެ ކަނޑުތަކުގައި ޕެތޯޖެނިކް މައިކްރޯއޯގަނިޒަމްސް ހުރި މިންވަރު ބެލުމަށް ހެދޭ ދިރާސާ އަދި ޑިޖިޓަލްއާއި އޮންލައިން ވަސީލަތްތަކުގެ އެހީގައި ތައުލީމުގެ ދާއިރާ އެހެން ފަންތިއަކަށް ގެންދިއުމަށް ކުރާ ދިރާސާއެވެ.

މި ދިރާސާއާ ގުޅޭ ގޮތުން އަވަސް ނޫހަށް މަޢުލޫމާތު ދެމުން ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފް ވިދާޅުވީ ރިސާޗް ގްރާންޓް ދެނީ މޯލްޑިވްސް ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ދާއިރާތަކަށް ބޮޑަށް އިސްކަންދީގެން ކަމަށެވެ.

ޝަރީފް ވިދާޅުވީ މިފަހަރު މަސްވެރިކަމާ ގުޅޭ ގޮތުން ދިރާސާކުރަން ދިނީ މުޅިން އަލަށް ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!