ޚަބަރު

13 އަހަރުގެ ކުއްޖާ މަރައިލުމުގެ ދައުވާ ލިބޭ ކުއްޖާ ގޭބަންދަށް ބަދަލުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރަހީނުކޮށް އަނިޔާވެރި ގޮތަކަށް މަރައިލުމަށް ފަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަޅުތެރެއަށް އެއްލައިލި އުމުރުން 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ކުޑަކުއްޖާ ގޭބަންދަށް ބަދަލުކޮށްފިއެވެ.

Ads by MWSC

މި މައްސަލައިގައި ޖުވެނައިލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ގޭ ބަންދަށް ބަދަލު ކޮށްފައިވަނީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެކެވެ.

އެނގިފައިވާ ގޮތުގައި ގޭބަންދަށް އެ ކުއްޖާ ބަދަލުކުރަން އަމުރުކުރީ، ކުއްޖާ ބަންދުކޮށްފައި ހުރި ޖަލަކީ ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން މައުލޫމާތު ދީފައިވާތީ އެކަމަށް ރިއާޔަތްކުރުމަށް ފަހުއެވެ.

ގޭ ބަންދަށް އެ ކުއްޖާ ބަދަލު ކުރި ނަމަވެސް، ޝަރުތުތަކެއް ކަނޑައަޅައިފައިވެއެވެ. އެގޮތުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ޕްރޮގްރާމުތަކަށް ހާޒިރުވުމަށާއި، ގެއިންބޭރަށް ނުނިކުތުމަށާއި، މުވާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން މުއާމަލާތް ނުކުރުމަށާއި އަދި ބަންދުގައި ހުންނަ ގެއަށް މީހުން ނުގެނައުމަށާއި، މައްސަލައާ ގުޅޭ އެއްވެސް ފަރާތަކާ ބައްދަލުނުކުރަން އެ ކުއްޖާގެ މައްޗަށް ޝަރުތުކޮށްފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!