ޚަބަރު

އެޗްއާރްސީއެމުން ރިޕޯޓު ތައްޔާރު ކުރުމުގައި އަމަލުކުރި ގޮތާ މެދު ސީޕީގެ ކަންބޮޑުވުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކ. ހިންމަފުށީ އައްސޭރި ޖަލުގައި ކުޑަކުދިންނަށް ހާއްސަ ކޮށްފައި ހުންނަ ޖަލަކީ، ބަންދުގައި ކުދިން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫންކަމަށް ބުނެ އެޗްއާރުސީއެމުން ރިޕޯޓް ތައްޔާރުކުރުމުގައި އަމަލުކުރި ގޮތާ މެދު ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

Ads by Sosun Fihaara

އެ ކޮމިޝަނުން ބުނީ 2020ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 8 އިން 10އަށް އެޗްއާރްސީއެމުން އައްސޭރި ޖަލަށް ޒިޔާރާތް ކުރި ކަމަށާއި އޭރު އައްސޭރި ޖަލުގައި ބިނާކުރަމުން ދިޔަ ކުޑަކުދިންގެ ޖަލުގެ މަސައްކަތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނި ކަމަށެވެ.

ނަމަވެސް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 16ވަނަ ދުވަހު އެ ކޮމިޝަނުން އައްސޭރި ޖަލަށް ޒިޔާރަތް ކުރި އިރުވެސް އަލަށް ބިނާ ކުރާ ކުޑަކުދިންގެ ޖަލުގެ މަސައްކަތް ނިމިފައިނުވާ ކަމަށް އެޗްއާރްސީއެމްއިން ބުނެފައިވެއެވެ.

މިކަމާ ގުޅޭ ގޮތުން އޮންލައިން ނޫސް "ސަން"އަށް މައުލޫމާތު ދެއްވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަަހުމަދު މުޙައްމަދުފުޅު ވިދާޅުވީ އެޗްއާރުސީއެމުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކުރި ޒިޔާރަތުގައި އެތަން ބަންދުކުރަން އަންގައިފައި ނުވާ ކަމަށާއި އޭގެ ފަހުން އެހެން މައްސަލައެއް ތަހުގީގު ކުރުމަށް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 16ވަނަ ދުވަހު ޒިޔާރަތްކުރުމަށް ފަހު އެތަން ބަންދުކުރުމަށް އަމުރުކޮށް ރިޕޯޓް ނެރެފައި ވަނީ އެންމެ ރަނގަޅަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!