Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކޮޕީ މުހައްމަދު ރަޝީދުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

ކޮޕީ މުހައްމަދު ރަޝީދުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

ކޮޕީ މުހައްމަދު ރަޝީދުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ، ދިވެހި ބަހުގެ އެކަޑަމީގައި ހުޅުވައިފިއެވެ.

ދިވެހި ބަހުގެ އެކެޑެމީން ބުނީ ތަފާތު އެކި ފަންނުތަކަށާއި ދިވެހި އަދަބީ ރޮނގުތަކަށް، ޚާއްޞަކޮށް ޅެންވެރިކަމަށް ގިނަ ގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި އަލްމަރުޙޫމް ކޮޕީ މުޙައްމަދު ރަޝީދުގެ ހަނދާނުގައި އެ އެކެޑަމީން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފައިވާ ކަމަށެވެ.

މި ދަފްތަރުގައި ލިޔުއްވައި ސޮއިކުރެއްވުން ނޮވެންބަރު 30ވާ އަންގާރަދުވަހުގެ ނިޔަލަށް އެ އެކަޑަމީގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ. އެކެޑެމީން ބުނީ އެ ދަފްތަރުގައި ލިޔުއްވުމާ ސޮއިކުރެއްވުން ކުރިއަށްދާނީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 9:00ން މެންދުރު 13:30ށް ދިވެހިބަހުގެ އެކެޑަމީގައި ކަމަށެވެ.

Advertisement
Ooredoo — Square (box)

ކޮޕީ މުޙައްމަދު ރަޝީދު އަވަހާރަވީ މި މަހުގެ 11 ވަނަ ދުވަހުއެވެ. ޢަރަބި ތާނަ ލިޔުމާއި، ޅެން ހެދުމުގެ ރޮނގުން ދިވެހި އަދަބިއްޔާތަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ ކޮޕީ މުޙައްމަދު ރަޝީދަށް 3 ފަހަރެއްގެ މަތިން ސަރުކާރުން ދެއްވާ ޢާންމު ޚިދުމަތުގެ އިނާމު ވެސް ލިބިވަޑައިގެންފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް