ބަރުލަމާނީ ޕެޓިޝަނަށް އެއްލައްކައަށް ވުރެ ގިނަ ސޮއި ހޯދައިފި

ރާއްޖޭގައި ޒަމާނުއްސުރެ ހިންގަމުން އަންނަ ރިޔާސީ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ބާރު އަޅަން ހުށަހަޅައި ޕެޓިޝަންގައި އެއްލައްކައަށް ވުރެ ގިނަ ސޮއި ހޯދައިފިއެވެ.
ބަރުލަމާނީ ނިޒާމަށް ބާރު އެޅުމުގެ ގޮތުން ހުށަހަޅައި ޕެޓިޝަންގެ ކަންތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 90 ދުވަސްތެރޭ ނިންމަން އަމާޒު ހިފި ޕެޓިޝަނަށް ތަރުހީބު ބޮޑުވެ އަަތޮޅުތަަކަށް ދަތުރުތައް ފަށައިފަައިވާއިރު މިހާތަނަށް ބަރުލަމާނީ ޕެޓިޝަނަށް 109،825 މީހެއްގެ ސޮއި ލިބިފައިވާ ކަމަށެވެ.
މީގެ އިތުރުން ވަކީލު ނިޝާން ވިދާޅުވީ ބަރުލަމާނީ ޕެޓިޝަނަށް ތާއީދު އޮތުމުން ވޯޓް ލެވޭ ޖުމްލަ އާބާދީއާ ހަމައަށް އެ ޕެޓިޝަން ގެންދަން ކެންޕެއިން ޓީމު ނިންމައިފައިވާ ކަމަށެވެ.
ބަރުލަމާނީ ޕެޓިޝަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލިހަށް ވެސް ހުށަހަޅަން ވަނީ ނިންމައިފައެވެ.





.webp)

ކޮމެންޓް