Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކޮޕީ މުޙައްމަދު ރަޝީދުގެ ތަޢުޒިޔާގެ ދަފުތަރުގައި ނައިބު ރައީސް ސޮއި ކުރައްވައިފި

ކޮޕީ މުޙައްމަދު ރަޝީދުގެ ތަޢުޒިޔާގެ ދަފުތަރުގައި ނައިބު ރައީސް ސޮއި ކުރައްވައިފި
ތަފާތު އެކި ފަންނުތަކަށާއި، ދިވެހި އަދަބީ ރޮނގުތަކުން ޚާއްޞަކޮށް ޅެންވެރިކަމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި އަލްމަރްޙޫމް ކޮޕީ މުޙައްމަދު ރަޝީދުގެ ހަނދާނުގައި ދިވެހިބަހުގެ އެކެޑަމީގައި ހުޅުވައިފައިވާ ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަޞީމް މިއަދު ސޮއިކުރައްވައިފިއެވެ.
ކޮޕީ މުހައްމަދު ރަޝީދުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ދިވެހި ބަހުގެ އެކަޑަމީގައި ހުޅުވައިފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެެ.
މި ދަފްތަރުގައި ލިޔުއްވައި ސޮއިކުރެއްވުން ނޮވެންބަރު 30ވާ އަންގާރަދުވަހުގެ ނިޔަލަށް އެ އެކަޑަމީގައި ކުރިއަށް ގެންދަން ހަމަޖެހިފައިވެއެވެ. އެ ދަފްތަރުގައި ލިޔުއްވުމާ ސޮއިކުރެއްވުން ކުރިއަށްދާނީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 9:00އިން މެންދުރު 13:30އަށް ދިވެހިބަހުގެ އެކެޑަމީގައެވެ. މި ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ވަނީ ސޮއިކުރައްވައިފައެވެ. ކޮޕީ މުޙައްމަދު ރަޝީދު އަވަހާރަވީ މި މަހުގެ 11 ވަނަ ދުވަހުއެވެ. ޢަރަބި ތާނަ ލިޔުމާއި، ޅެން ހެދުމުގެ ރޮނގުން ދިވެހި އަދަބިއްޔާތަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ ކޮޕީ މުޙައްމަދު ރަޝީދަށް 3 ފަހަރެއްގެ މަތިން ސަރުކާރުން ދެއްވާ ޢާންމު ޚިދުމަތުގެ އިނާމު ވެސް ލިބިވަޑައިގެންފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް