ޚަބަރު

ޤުރުއާން ހިތުދަސް ކުރާ ދަރިވަރުންގެ ޚަރަދުތައް ސަރުކާރުން ހަމަޖައްސައިދެނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދިރިއުޅޭ ރަށުން ބޭރުގައި ހާފިޒުކަން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް، ކޯސް ފުރިހަމަ ކުރުމަށް ބޭނުންވާ ދިރިއުޅުމުގެ ޚަރަދުތައް އަންނަ އަހަރު ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

Ads by MWSC

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ހާފިޒުކަން ކިޔަވަން ބޭނުންވާ ދަރިވަރުންގެ ޚަރަދުތައް ސަރުކާރުން ހަމަޖައްސައިދިނުމަކީ ގުރުއާނާއި ދީނީ އިލްމު މިހާރަށް ވުރެ ބޮޑަށް ރާއްޖޭގައި ފެތުރުމަށް ޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުރަތަމަ ބޮޅެއް ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ކީރިތި ޤުރުއާނުގެ ޢިލްމުތައް ފެތުރުމަކީ މުހިންމު ކަމެއް ކަމަށާއި އިލްމީ ކަންޒަރުން ސިކުނޑިތައް މުއްސަނދިވެގެން ދާނީ ކީރިތި ގުރުއާންގެ އިލްމީ ދިރާސާތައްކޮށްގެން ކަމަށެވެ.

"އަޅުގަނޑަށް ވިސްނޭ ގޮތުގައި މި މަރުކަޒުގެ ދައުރު މާބޮޑަށް އެބަ ފުޅާވާން ޖެހޭ. ގުރްއާނާ ބެހޭ މަރުކަޒެއް ހުރުމުގެ ޙަޤީޤީ ފައިދާ ލިބޭނީ އޭރުން." ރައީސް ވިދާޅުވީ މި ސަރުކާރުން ދީނީ ޢިލްމު ރާއްޖޭގައި ފަތުރަން އެހީތެރިވެދޭނެ ކަމަށެވެ.

"ޤުރްއާނާ ބެހޭ މަރުކަޒު މިއަށް ވުރެ ފުޅާކޮށް، ދީނީ އިލްމު ރާއްޖޭގައި ފެތުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއްގައި އެހީތެރިވެދޭނެ ކަމުގެ ޔަޤީންކަން، މިރޭ އަޅުގަނޑު ތިޔަ ބޭފުޅުންނަށް އަރުވަން."

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!