ޚަބަރު

ކެންސަރު ޖެހިގެން 13 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ލޭގެ ކެންސަރު ޖެހުނު އުމުރުން 13 އަހަރުގެ ދިވެހި ކުއްޖަކު އިންޑިއާގައި ނިޔާވެއްޖެއެވެ.

Ads by MWSC

ނިޔާވެފައި ވަނީ ގދ. ތިނަދޫއަށް ނިސްބަތްވާ އާމިނަތު ޝައިހާ ޝަހީދުއެވެ. ޝައިހާ ނިޔާވީ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެނިކޮށް، ރޭ ފަތިހު ވަރަށް ބޮޑަށް ޙާލު ދެރަވެގެންނެވެ.

އެންމެ ފުރަތަމަ ޝައިހާގެ ހާލު ދެރަވެ، އިތުރު ފަރުވާއަށް ގެނެވުނީ މާލެ އަށެވެ. މާލެ ގެނެސް ފަރުވާ ދިނުމަށް ފަހު އެ ކުއްޖާ ވަނީ އިންޑިޔާއަށް ގެންދެވިފައެވެ. ނަމަވެސް ޝައިހާގެ ހާލަތަށް މާބޮޑު ކުރިއެރުމެއް ނުލިބި، ރޭގެ ފަތިހުގެ ވަގުތެއްގައި، ޝައިހާ ވަނީ ނިޔާވެފައެެވެ.

ޝައިހާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައިހާ ތައުލީމު ހާޞިލްކުރަމުންދިޔަ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުންނާއި، އަމިއްލަ ފަރާތްތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކެމްޕެއިންތައް ވެސް ކުރިޔަށް ގެންގޮސްފައެވެ.

ޝައިހާގެ އާއިލާއިން ބުނީ އެ ކުއްޖާގެ ހަށިގަނޑު އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި ރާއްޖެ ގެނެވުނުހާ އަވަހަކަށް ޖަނާޒާގެ ކަންކަން ހަމަޖައްްސާނެ ކަމަށް ވެސް  އާއިލާއިން ބުނެއެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

  1. އާމިން

  2. ާއަޙްސަން

    އާމީން

  3. ށަވިޔަނި

    މަރުޙޫމާގެ ފުރާނައަށް ސުވަރުގޭގެ ދާއިިމީ ނިޢުމަތް މިނަވަރު ކުރައްވާށި އާާމީން

    • ލިޔާހިތުން

      މައްޔިތާއަށް ސުވަރުގެ މިންވަރު ކުރައްވާށި އާމީން

  4. މުހައްމަދު

    އާމީން

  5. ފާތުން

    އާމީން