Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޤުރުއާނާ ބެހޭ މަރުކަޒުގެ ކޯސްތައް ޢިލްމު އިންސްޓިޓިއުޓުން ހިންގަން ފަށަނީ

ޤުރުއާނާ ބެހޭ މަރުކަޒުގެ ކޯސްތައް ޢިލްމު އިންސްޓިޓިއުޓުން ހިންގަން ފަށަނީ

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ، ޤުރުއާނުގެ ޢިލްމާ ބެހޭ ކޯސްތައް ޢިލްމު އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޑީސް މެދުވެރިކޮށް ހިންގުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ޤިރާޢަތު ދާއިރާގެ ސެޓްފިކެޓް ލެވަލްތަކުގެ ކޯސްތަކާއި ޤިރާއަތު ދާއިރާއިން ޑިޕްލޮމާ ފެންވަރަށް ޤުރުއާނާ ބެހޭ މަރުކަޒާ އެފިލިއޭޓްވެގެން އިލްމު އިންސްޓިޓިއުޓްގެ ފަރާތުން ކޯސްތައް ހިންގާނެއެވެ. އިލްމު އިންސްޓިޓިއުޓްގެ އަމާޒަކީ ރާއްޖޭގެ ހުރިހައި އަތޮޅެއްގައި ޤުރުއާނުގެ ޢިލްމު ފެތުރުމަށް މަސައްކަތްކުރުމެވެ.

މި އެއްބަސްވުމުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ފަރާތުން ސޮއިކުރެއްވީ އެމަރުކަޒު ހިންގުމާ ޙަވާލުވެ ހުންނެވި މިނިސްޓަރ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާޒް ފަޟީލަތުއްޝައިޚު އިލްޔާސް ޖަމާލެވެ. އިލްމު އިންސްޓިޓިއުޓްގެ ފަރާތުން ސޮއިކުރެއްވީ އިލްމުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް ޢަލީ އަޙުސަނެވެ. މި އެއްބަސްވުމުގެ ދަށުން، ޖެނުއަރީ މަހު ކޯސްތައް ފެށިގެންދާނެއެވެ.

Advertisement
Allied Insurance — Square (box)

ޢިލްމު އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޑީސް ދާދި ފަހުން ވަނީ ރާއްޖޭގައި 100 ހާފިޒުންގެ ބޮޑު މަޝްރޫޢެއް އިއުލާންކޮށްފައެވެ. އެމަޝްރޫޢުގެ އަމަލީ މަސައްކަތް ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި ފެށޭނެއެވެ. 500އަށް ވުރެ ގިނަ ދަރިވަރުންނާ އެކު ފަށާ މިމަޝްރޫޢަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. އެ އިންސްޓިޓިއުޓް މިފަދަ އެތައް ޕްރޮގްރާމެއް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް