އިންޑިއާގައި އޮމިކްރޮ ވޭރިއަންޓް ފެތުރެނީ، 21 މީހަކަށް ބަލި ޖެހިއްޖެ
އަވައްޓެރި އިންޑިއާގައި ކޮވިޑް-19 އައު ވޭރިއަންޓް، އޮމިކްރޮން ޖެހުނު މީހުންގެ އަދަދު 21އަށް އަރައިފިއެވެ.
މި ވޭރިއަންޓް ޖެހިފައި ވަނީ ރާޖިސްތާނު 9 މީހަކަށާއި މަހަރަޝްތުރާ 8 މީހެއްގެ އިތުރުން ކަރްނާޓަކާ 2 މީހަކަށާއި ގުޖުރާތުގެ އެކަކަށެވެ. އަދި ދިއްލީ އެކަކަށް ވެސް މި ވޭރިއަންޓް ޖެހިފައި ވެއެވެ.
ރާޖިސްތާނު އެއް އާއިލާއަކުން 9 މީހަކަށް މިވޭރިއަންޓް ޖެހިފައިވާއިރު، މި އާއިލާގެ އެކަކު ވަނީ ފަހުގެ ތާރީޚެއްގައި ދެކުނު އެފްރިކާއަށް ދަތުރުކޮށްފައެވެ.
މަހާރާޝްތްރާގެ ޕޫނޭ ޑިސްޓްރިކްޓްގައި، ނައިޖީރިއާގެ ތިން މީހަކު ހިމެނޭ ގޮތަށް ހަތް މީހަކަށް އައު ވޭރިއަންޓް މިއަދު ޖެހިފައި ވެއެވެ. ބަލި ޖެހުނު މީހުންގެ ތެރޭގައި ނައިޖީރިއާގެ ލާގޯސްގެ ޕިމްޕްރީ-ޗިންޗްވާދުގައި މިމަހުގެ 24ވަނަ ދުވަހު އޭނާގެ ބޭބެގެ ގާތަށް ދިޔަ އުމުރުން 44 އަހަރުގެ އަންހެނަކާއި އޭނާގެ ދެ އަންހެން ދަރިން، 18 އަހަރާއި 12 އަހަރުގެ އަންހެން ދަރިން ވެސް ހިމެނެއެވެ. މީގެ އިތުރުން ދާދި ފަހުން ފިންލެންޑަށް ދަތުރުކުރި 47 އަހަރުގެ ފިރިހެނަކު ވެސް ވަނީ ޕޫނޭއިން މި ވޭރިއަންޓްގެ އަލާމާތްތައް ފެނިގެން ޓެސްޓުކޮށްފައެވެ. ފައްސިވި މީހުންގެ ތެރެއިން ހަތަރު މީހަކަށް ފުރިހަމައަށް ވެކްސިން ދީފައިވާއިރު އަނެއް ތިން މީހުންނަކީ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަ ކުދިންނެވެ. މީގެ ކުރިން މަހަރަޝްތްރާއިން އެކަކަށް ބަލި ޖެހިފައެވެ.
މިއަދު ފައްސިވި މީހުންނާ އެކު އިންޑިއާއިން މި ވޭރިއަންޓް ޖެހުނު މީހުންގެ އަދަދު 21އަށް އަރައެވެ. މަހާރާޝްތުރާއާއި ރާޖަސްތާނުގެ އިތުރުން ދިއްލީއިން އާދީއްތަ ދުވަހު ވަނީ މިވޭރިއަންޓް ވަނީ ފެނިފައެވެ. ދިއްލީއިން މި ބަލި ފެނިފައި ވަނީ އެފްރިކާގެ ޤައުމަކުން އިންޑިއާއަށް ދިޔަ މީހެއްގެ ފަރާތުންނެވެ.