Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ހައްދުންމައްޗަށް މި ސަރުކާރުން ގެނެސްދީފައިވާ ތަރައްޤީއެއް ނެތް: އަދުރޭ

ހައްދުންމައްޗަށް މި ސަރުކާރުން ގެނެސްދީފައިވާ ތަރައްޤީއެއް ނެތް: އަދުރޭ

މި ސަރުކާރުގެ ތިން އަހަރުގައި ހައްދުންމައްޗަށް އައު ޕްރެޖެކްޓެއް ގެނެސްދީފައި ނެތް ކަމަށް ލ.ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު، ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ފޮނަދޫގައި ރޭ ބޭއްވި ޖަގަހަ ޖަލްސާއެއްގައި ބައިވެރިވެ ވަޑައިގެން އަދުރޭ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ގަން،ފޮނަދޫ ސަރަހައްދަށް މި ސަރުކާރުން ތަރައްޤީގެ އެއްވެސް ކަމެއް މިހައިތަނަށް ކޮށްދީފައެއް ނުވާ ކަމަށާއި، ކޮށްފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުން ފައްޓަވައި ދެއްވި ތަރައްޤީގެ މަޝްރޫއުތައް ކަމަށެވެ.

“ހައްދުންމަތީގައި މި ސަރުކާރުން އަލަށް ކުރި ކަމެއް އަޅުގަނޑަކަށް ހީއެއް ނުވޭ ތިޔަ ބޭފުޅުންނަށް ފެނި ވަޑައިގަންނަވާނެ ހެނެއް”ކުރީ ސަރުކާރުގެ މަސައްކަތާ އަޅައި ކިޔުއްވައި އަދުރޭ ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

މިގޮތުން ވިދާޅުވީ، ފޮނަދޫގެ އެތެރޭގެ ތާރު އެޅުމުގެ މަޝްރޫއުއަކީ މި ސަރުކާރުން ކުރި ކަމެއް ކަމަށް ދައްކަން މަސައްކަތް ކުރި ނަމަވެސް އެކަން ހިނގައި ދިޔަގޮތް ފޮނަދޫގެ ރައްޔިތުންނަށް އެނގޭނެ ކަމަށެވެ.

ފޮނަދޫގެ އެތެރޭގެ މަގުތަކުގެ ތާރައެޅުމުގެ މަޝްރޫއުއަކީ ރައީސް ޔާމިންގެ ސަރުކާރުގައި ފެއްޓެވި މަޝްރޫއުއެކެވެ. މަޝްރޫއު ކުރިޔަށް ނުގެންދެވި އެކި ފަހަރުމަތިން އެކި ކުންފުނިތަކަށް މި މަޝްރޫއު ހަވާލުކޮށްފައިވެއެވެ. އެންމެ ފަހުން މި މަސައްކަތްކޮށްފައި ވަނީ މި ސަރުކާރުގައި އެމްޓީސީސީއާ ހަވާލުކޮށްގެނެއެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުމުއިރު، ފޮނަދޫގެ ކުރިގަމު އަވަށުގެ މަގުތަކުގައި ވަނީ ތާރު އަޅައިފައެވެ. އަދި ރަށުގެ ތާރުއަޅާ ހުރިހާ މަގެއްގައި ޕޭވްމަންޓް ވެސް ވަނީ ހަދައިފައެވެ.

އަދުރޭ ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި ހައްދުން މައްޗަށް ވެސް ގިނަ ތަރައްޤީގެ ޕްރޮޖެކްޓްތަކެއް ގެނެސްދީފައިވާ ކަމަށެވެ.

“އަޑު އެބައިވޭ ކެންސަރު ހޮސްޕިޓަލެއްގެ ވާހަކަ، ކޮންތާކު ހުރި ތަނެއް ކަމެއް ނުއެއް އެނގޭ” އަދުރޭ ވިދާޅުވިއެވެ. މިއަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްގައި ލ.ގަމުގައި ކެންސަރު ހޮސްޕިޓަލެއް އެޅުމަށާއި އެރަށުގެ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަށް ބަދަލު ކުރުމަށް ބަޖެޓްކޮށްފައިވެއެވެ.

[caption id="attachment_129629" align="alignnone" width="1024"]<img class="wp-image-129629 size-large" src="https://cdn.dhen.mv/wp-content/uploads/2021/12/photo_2021-12-07-07.47.26-1024x768.jpeg" alt="" width="1024" height="768" /> ރޭ ފޮނަދޫގައި ބޭއްވި ޖަލްސާގެ ތެރެއިން[/caption]

އަދުރޭގެ ވާހަކަފުޅުގައި، ސަރުކާރުން ރައްޔިތުންގެ ސިކުނޑިއަށް ތަރައްޤީ ގެންނަ ކަމަށް ފިނޭންސް މިނިސްޓަރު އަމީރު ދެއްކެވި ވާހަކަފުޅަށް ފާޑު ވިދާޅުވެފައިވެއެވެ. މިގޮތުން ވިދާޅުވީ، ސިކުނޑިއަށް އަންނަ ތަރައްޤީއިން މިއަދު ރައްޔިތުން ދީނާ ދުރަށް ޖައްސާ ކަމަށެވެ.

“އަޅުގަނޑު ކުރިން ދެންނެވިން ރާއްޖޭގައި އިސްލާމް ދީން ދަމަހައްޓަން ބޭނުން ނަމަ ރައީސް ޔާމީނަށް ވޯޓް ދެއްވަން ޖެހެއޭ. އޭރު ބައެއް ބޭފުޅުން ވިދާޅުވި، އަޅުގަނޑު މުރުތައްދު ވެއްޖޭ. މިއަދު އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ރާއްޖޭގެ ހާލަތު އޮތް ގޮތް. މިސްކިތްތަކަށް ކުޑަކަމުދަނީ، ޚަތިމްތަކަށް ކުޅު ޖަހަނީ، ރަސޫލާއަށް ފުރައްސާރަ ކުރަނީ.” އަދުރޭ ވިދާޅުވިއެވެ.

ފޮނަދޫގައި ރޭ ކުރިޔަށް ދިޔަ ޖަގަހަ ޖަލްސާގައި އެމްޑީޕީގެ ބައެއް މެންބަރުންނާއި 18 އަހަރު ފުރުނު ބައެއް ޒުވާން ކުދީން ވަނީ ޕީޕީއެމްއަށް ވަނީ ސޮއިކޮށްފައެވެ. އަދުރޭ ވިދާޅުވީ، މިކަމުން ވެސް އެނގިގެންދަނީ ޕީޕީއެމް އޮތް ތާއީދު ކަމަށާއި ރައީސް ޔާމީން ޖަލުން މިނިވަންވުމުން ކުރިޔަށް އޮތް ދެ އަހަރު ޕީޕީއެމްގެ މަސައްކަތް އިތުރަށް ހަލުވިކޮށް، އިތުރު މެންބަރުން ޕާޓީއާ ގުޅޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް