Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

11 އަހަރަށް ފަހު ވިލިމާލޭގައި ޝެއިޚް ފަރީދުގެ ދަރުހެއް

11 އަހަރަށް ފަހު ވިލިމާލޭގައި ޝެއިޚް ފަރީދުގެ ދަރުހެއް

އެގާރަ އަހަރަށް ފަހު މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝެއިޚް އިބްރާހިމް ފަރީދު އަހުމަދުގެ ދަރުހެއް މާދަމާ ރޭ ވިލިމާލޭގައި ބާއްވަން ނިންމައިފިއެވެ.

"ދުނިޔެ ފަނާވުން" މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި ދަރުސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ވިލިމާލޭ ބަނދަރު ސަރަހައްދުގައި މާދަމާ ރޭ 8:45ގައެވެ.

ޝެއިޚް ފަރީދު ވަނީ މީގެ ކުރިން ވެސް މާލެއާއި ވިލިމާލޭގައި ދަރުސް ދެއްވައިފައެވެ. ނަމަވެސް މިފަހަރު ޝެއިޚް ފަރީދު ދަރުހެއް އެ ދެއްވަނީ ވިލިމާލޭގައި ދަރުހެއް ދެއްވިތާ 11 އަހަރު ފަހުންނެވެ.

Advertisement
Ooredoo — Square (box)

މި ދަރުހުގައި އަންހެނުންނާއި ފިރިހެނުންނަށް ވެސް ބައިވެރިވެއެވެ. ނަމަވެސް ދެ ޖިންސުގެ މީހުން ތިބޭނީ މަސްހުނިނުކޮށް ވަކިން ކަމަށް މައުލޫމާތު ލިބެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް