Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޔާމީން ރަޝީދުގެ ދައްތަ ފުލުހުންގެ ވަޒީފާއިން ވަކި ކުރީ ރަނގަޅަށް ކަމަށް ނިންމި ނިންމުމާ މެދު ކަންބޮޑުވުން

ޔާމީން ރަޝީދުގެ ދައްތަ ފުލުހުންގެ ވަޒީފާއިން ވަކި ކުރީ ރަނގަޅަށް ކަމަށް ނިންމި ނިންމުމާ މެދު ކަންބޮޑުވުން

ރަހުމްކުޑަ ގޮތަކަށް މަރައިލި ބްލޮގަރު ޔާމީން ރަޝީދުގެ ދައްތަ، އާއިޝަތު ރަޝީދު ފުލުހުންގެ ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ނިންމައި، އޭނާއަށް ބަދަލުދޭން ނުޖެހޭކަމަށް ސިވިލް ކޯޓުން ކުރި ހުކުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެނގިފައިވާ ގޮތުގައި ފުލުހުންގެ ވަޒީފާ އިން އާއިޝަތު ރަޝީދާ ވަކިކުރީ މިނިވަން ނޫސްވެރިޔާ އަހުމަދު ރިޟްވާނު ގެއްލުނުތާ ތިން އަހަރު ފުރުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ކުރިއަށް ނުދާތީ 2017، އޮގަސްޓް 8ގައި ބޭއްވި "ސުވާލު މާޗް" ހިނގާލުމުގައި އޭނާ ބައިވެރިވި މައްސަލައިގައެވެ. މި މައްސަލަ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ބަލަން ފެށީ އެއީ ގާނޫނާ ހިލާފަށް، ހުއްދަ ނުހޯދާ ބޭއްވި ހިނގާލުމަކަށް ވާތީއެވެ.

އައިޝަތު ވަޒީފާއިން ވަކިކުރުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމީ ހަމަ އެ އަހަރުގެ އޮގަސްޓް މަހުގެ 16ގައެވެ. ފުލުހުންގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުން އޭނާ ވަކިކުރީ ފުލުހުންގެ ޑިސިޕްލިނަރީ ގަވާއިދާ ޚިލާފުވުމުން ކަމަށް ބުނެއެވެ. މި މައްސަލަ 2020، އޮކްޓޯބަރު 26ގައި ކޯޓަށް ހުށަހެޅުމުން ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށާއި ބަދަލު ދޭން ނުޖެހޭ ކަމަށް ސިވިލް ކޯޓުން ހުކުމް ކުރީ މި އަހަރުގެ ޑިސެމްބަރު މަހުގެ 8ގައެވެ.

Advertisement
Allied — Dhen Online (box)

ސިވިލް ކޯޓުގެ ހުކުމާ މެދު ކަނބޮޑުވުން ފާޅުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ޓްވީޓު ކުރައްވައި ވިދާޅުވީ ދައުލަތުގެ ފަރާތުން ކުރީގެ ފުލުހުންގެ ބޯޑުގެ ނިންމުން ދިފާއުކޮށް މި މައްސަލާގައި ވާހަކަދައްކާ ހިސާބުން މި ގައުމުގައި އާދައިގެ މީހަކަށް އިންސާފު ހޯދައިދިނުމަކީ އެހާ މުހިންމު ކަމެއް ނޫންކަން ސާބިތުވީ ކަމަށެވެ.

ކޯޓުން ހުކުމް ކުރިގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ ފެބްރުއަރީ 2012 ގައި ބަޣާވާތްކުރި ފުލުހުން އުޅުނު ގޮތާއި ދިން އަނިޔާތަކަކީ ޖަޒުބާތުގައި ޖެހުން ކަމަށްވެ، ޑިސިޕްލިނަރީ ފިޔަވަޅު އޮތީ ނާޅާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް