ޚަބަރު

ބަނގްލަދޭޝް އިން ރާއްޖެއަށް 3 ބިލިޔަން ރުފިޔާގެ ލޯނެއް ދެނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖެއިން ބަނގްލަދޭޝް އަތުން ނަގަން ނިންމައިފައި ވަނީ 200 މިލިޔަން ޑޮލަރު (ގާތްގަނޑަކަށް 3 ބިލިޔަން ރުފިޔާ)ގެ ލޯނެއް ކަމަށް ބަނގްލަދޭޝްގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

Ads by STELCO

ބަންގްލަދޭޝްގެ ޚަބަރުތައް ގެނެސްދޭ އެޤައުމުގެ ނޫހެއް ކަމަށްވާ "ބިޒްނަސް ސްޓޭންޑާޑް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރާއްޖެއިން އެދިފައި ވަނީ ފަސް އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ލޯނެއް ދިނުމަށެވެ. އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާއި ބަނގްލަދޭޝްގެ މަރުކަޒީ ބޭންކް، ބަނގްލަދޭޝަން ބޭންކް (ބީބީ) ދެމެދު ލޯނުގެ މަޝްވަރާތަކެއް ވަނީ ކުރެވިފައެވެ.

ރާއްޖޭން ލޯނެއް ދޭން އެދިފައިވާކަން ފުރަތަމަ ހާމަކޮށްފައި ވަނީ، ބަނގްލަދޭޝްގެ ގަވަރުނަރު ފަޒްލީ ކަބީރު އެވެ. އޭނާ ވިދާޅުވީ، ރާއްޖެއަށް ތިން ބިލިއަން ރުފިޔާގެ ލޯނެއް ދިނުމުގެ ގާބިލްކަން އެ ބޭންކުގައި ހުރި ކަމަށާއި، އެ ލޯނު ދޭނެ ކަމުގެ ޔަގީންކަން ވެސް މިހާރު ދީފައި ވާނެ ކަމަށެވެ.

ކޮވިޑް-19 ހާލަތާއެ ކު ރާއްޖެއިން އަންނަނީ ލޯނުތައް ނަގަމުންނެވެ. އަންނަ އަހަރު ރާއްޖޭގެ ޖުމްލަ ދަރަނި ސޮވްރިން ގެރެންޓީ ހިމަނައިގެން 100 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!