Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އިހުތިޖާޖުތަކާ ގުޅިގެން ފެލިދޫ ސްކޫލްގެ ޕްރިންސިޕަލް ފުރުވައިލައިފި

އިހުތިޖާޖުތަކާ ގުޅިގެން ފެލިދޫ ސްކޫލްގެ ޕްރިންސިޕަލް ފުރުވައިލައިފި

ވ. ފެލިދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ބަދަލުކުރަން ގޮވައިލައި އެ ރަށުގެ ބެލެނިވެރިން ހުއްޓައިނުލާ އިހުތިޖާޖު ކުރުމުގެ ސަބަބުން، އެޑިއުކޭޝަން މިނިސްޓްރީން އެ ޕްރިންސިޕަލް ފުރުވައިލައިފިއެވެ.

މިކަމާ ގުޅޭ ގޮތުން ފެލިދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސްރުﷲ ވިދާޅުވީ، ޕްރިންސިޕަލް ބަދަލުކުރުމަށް ގޮވައިލައި ބެލެނިވެރިން އިއްޔެ ފެށި އިހުތިޖާޖުތައް ހުއްޓައި ނުލައި ރެއާ ހަމައަށް ކުރިއަށް ގެންދިޔަ ކަމަށާއި މިއަދު ހެނދުނު ވެސް ބައެއް ބެލެނިވެރިން ސްކޫލު ކައިރީގައި އިހުތިޖާޖުކުރި ކަމަށެވެ.

ނަސްރުﷲ ވިދާޅުވީ މީގެ ކުރިން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ވެސް، ޕްރިންސިޕަލް ބަދަލު ކުރުމަށް އެ ސްކޫލުގެ ޓީޗަރުން އެދުނު ކަމަށެވެ. އަދި ޕްރިންސިޕަލްގެ މައްސަލަތަކެއް މީގެ ކުރިން އެތައް ފަހަރަކު އެޑިއުކޭޝަން މިނިސްޓްރީއާ ހިއްސާ ކޮށްފައިވާ ކަމަށާއި މިހައިތަނަށް އެއްވެސް ޖަވާބެއް ނުދޭ ކަމަށް ވެސް ނަސްރުﷲ ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

އެނގިފައިވާ ގޮތުގައި ޕްރިންސިޕަލް ބަދަލު ކުރަން ގޮވައިލައި ފެލިދޫގެ ސްކޫލުގެ ބެލެނިވެރިން އިއްޔެ އިހުތިޖާޖަށް ނިކުތީ އެ ސްކޫލުގެ ލީޑިންގް ޓީޗަރ އިއްޔެ ސަސްޕެންޑު ކުރުމާ ގުޅިގެންނެވެ. އެކަމުގައި ޕްރިންސިޕަލްގެ ނުފޫޒު އޮތް ކަމަށް ބެލެނިވެރިންނާއި ބައެއް ޓީޗަރުން ވެސް ތުހުމަތު ކޮށްފައިވާއިރު، އެކަމާ ގުޅިގެން ޕްރިންސިޕަލްގެ ބަހެއް ނުލިބުމުން އިހުތިޖާޖު ކުރަން ފެށީ ކަންވެސް އެނގިފައިވެއެވެ.

ފެލިދޫ ސްކޫލުން ބަދަލުކުރީ އިންޑިއާގެ ޕްރިންސިޕަލެކެވެ. އޭނާ އެ ސްކޫލުގެ ޕްރިންސިޕަލްކަމާ ހަވާލުވެލެއްވީ މިއަހަރުގެ މެދުތެރޭގައި ވަގުތީ ގޮތުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް