Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މިދިޔަ ނޮވެމްބަރު މަހު އެކަނިވެސް، ކުޑަކުދިންނަށް ކުރާ އަނިޔާގެ 84 މައްސަލައެއް

މިދިޔަ ނޮވެމްބަރު މަހު އެކަނިވެސް، ކުޑަކުދިންނަށް ކުރާ އަނިޔާގެ 84 މައްސަލައެއް

ކުޑަކުދިންނަށް ކުރާ އަނިޔާގެ 84 މައްސަލައެއް މިދިޔަ ނޮވެމްބަރު މަހު އެކަނި ވެސް ހުށަހަޅައިފައިވާކަމަށް ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެގޮތުން އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ޖެންޑާ މިނިސްޓްރީއަށް އެފަދަ 184 މައްސަލައެއް ވަނީ ރިޕޯޓުކޮށް، އެޓެންޑު ވެފައެވެ.

އެ މިނިސްޓްރީއަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 84 މައްސަލައެއް ވަނީ ހުށަހެޅިފައިވާ ކަމާއި މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތައްކަން ވެސް ހިސާބުތަކުން ހާމަވެފައިވެއެވެ. އެގޮތުން ޖިންސީ ހާނިއްކައިގެ 29 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.

Advertisement
Allied Insurance — Square (box)

މީގެއިތުރުން ކުޑަ ކުދިންނާ މެދު އިހުމާލުވުމުގެ 21 މައްސަލައަކާއި، ޖިސްމާނީ ހާނިއްކައިގެ 17 މައްސަލައަކާއި، ނަފްސާނީ ހާނިއްކައިގެ 06 މައްސަލަ ވެސް ހުށަހެޅިފައިވެއެވެ. އަދި އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމާއި ފުރައްސާރައިގެ ޝިކާރައްކަށްވުމުގެ 05 މައްސަލައަކާއި، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 04 މައްސަލައިގެ އިތުރުން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 02 މައްސަލަ ވެސް ވަނީ ހުށަހެޅިފައެވެ.

ކުޑަކުދިންގެ މައްސަލަތަކުގެ އިތުރުން އާއިލީ މައްސަލައިގެ 26 މައްސަލަ ވަނީ ޖެންޑާއަށް ހުށަހަޅައިފައެވެ. މި މައްސަލަތަކުގެ ތެރޭގައި ޙަޟާނާތު ނުވަތަ ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ 19 މައްސަލަ އަދި ކުދިން ބެލުމުގައި ޖެހޭ 07 މައްސަލަ ހިމެނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް