ފިރިހެން ދަރިއެއް ހުރޭތަ؟ މިކަންކަމަށް ސަމާލުވޭ!

އަހަރެންނަކީ ބޮޑު ވަމުން އައި އިރު ގިނައިން އަންހެނުންނާ އެކު ބޮޑުވި ކުއްޖެކެވެ. ފިރިހެނުންގެ އިހުސާސްތަކާއި ފިރިހެނުންނަށް ދުނިޔޭގައި ކުރެވޭ ތަޖުރިބާއާ ދޭތެރޭ ވިސްނާކަށް ފުރުސަތެއް ނުލިބެއެވެ. ބޮޑުވަމުން އައި އިރު އަދި މަތީ ތައުލީމު ހާސިލް ކުރަމުން ދިޔައިރު ވެސް ބޮޑަށް ޝައުގުވެރިކަން އުފެދުނީ އަންހެނުންގެ ހައްގުތަކާ ބެހޭ ގޮތުން ހަދައިފައި ހުންނަ ދިރާސާތަކާއި ލިޔުންތަކަށެވެ. އަދި އަންހެން ކުއްޖެއްގެ ގޮތުގައި ބޮޑުވެ އަންހެނަކަށް ދުނިޔޭގައި ދިމާވާ ކަންކަން އަމިއްލައަށް ތަޖުރިބާ ކުރެވޭތީ އެކަންކަން ވިސްނައިގަންނަން ވަރަށް ފަސޭހަވިއެވެ.
އަންހެނުންނަށް ސިއްރާއި ފާޅުގައި ކުރާ އަނިޔާއާއި ދުނިޔޭގެ ގިނަ ތަންތަނުގައި އަންހެނުންގެ ބައެއް ހައްގުތަކަށް އިހުމާލު ވެފައިވާ މިންވަރު ދެނެގަނެވުނެވެ. އަދި އަހަރެންގެ އެންމެ ބޮޑު އެއް އަމާޒަކަށްވީ އަންހެން ދަރިން ލިބުމުން އެކުދިންގެ ހައްގުތައް ފުރިހަމައަށް ހޯދައިދީގެން ބޮޑު ކުރާށެވެ. ނަމަވެސް ހީކުރި ގޮތާ ޚިލާފަށް އަހަރެންނަށް ލިބުނީ ފިރިހެން ކުއްޖެކެވެ. އަދި ފިރިހެން ކުއްޖަކު ބޮޑުވަމުން އަންނަ އިރު އެކުއްޖެއްގެ ޖިންސުގެ ސަބަބުން ދިމާވެދާނެ ހާއްސަ ދަތިތަކާއި ހާއްސަ ތަޖުރިބާތަކާ ދޭތެރޭގައި ފުންކޮށް ވިސްނެންފެށީ ދެނެވެ. މިލިޔުމަކީ އަހަރެން ކަހަލަ ފިރިހެން ދަރިން ހުންނަ ބެލެނިވެރިންނާ ހިއްސާ ކޮށްލާ ޚިޔާލުތަކެކެވެ.
ފިރިހެން ކުދީން ނުރުއިމަކީ ކުޑައިރުންސުރެ ވިސްނައިދެވޭ ގޮތް[/caption]
އަންހެނުން އެކަކު އަނެކަކާ އިހުސާސްތައް ހިއްސާކޮށް ރުއިމަކީ އަންހެން ސިފަތައް ކަމުގައި ބެލެވޭތީ އެކަންކަން ކުރާކަށް ފަހެއް ނުޖެހޭނެއެވެ. މިބުނީ ގިނަ އަންހެނުންގެ ވާހަކައެވެ. އަންހެން ކުދިން ކުޑައިރު ވެސް އެކުދިން އަންހެން ކުދިންނަށް ވީތީ ރުއިމާއި ހިތާމަ ފާޅު ކުރުމުން ދުރު ވާކަށް ޕްރެޝަރއެއް ނޯވެއެވެ. ނަތީޖާއަކީ ފިރިހެނުންނަށް ވުރެ އަންހެނުން ނަފްސާނީ އެހީ ހޯދާ ޗާންސް ބޮޑުވުމެވެ. އަދި އެފަދަ މައްސަލަތަކަށް ފަރުވާ ލިބުމެވެ. ނަމަވެސް ފިރިހެނުންގެ ތަޖުރިބާ މިއާ އިދިކޮޅެވެ. އަހަރެމެން ބުނާ ކުދިކުދި އެއްޗެހީގެ ސަބަބުން މިފަދަ ބޮޑެތި މައްސަލަ ދިމާވެދާނެ ކަމުގައި އަހަރެެމެންނަށް ހީނުވިޔަސް، ކުޑަ އިރު ފިރިހެން ކުދިންނަށް ރުއިން މަނާ ކުރުމަކީ ގުދުރަތީ ގޮތުން އެކުދިން ގައިގައި ލައްވައިފައިވާ ކަމެއް މަނާ ކުރުމެވެ. އޭގެން ނުރަނގަޅު ނަތީޖާ ނުކުންނާނެކަން ކަށަވަރެވެ.
ފިރިހެން ކުދިންނަށް ތަދެއް ނުވާނެތަ؟
ވާނެއެވެ. ކުޑަ ފިރިހެން ކުދިންނަށް ވެސް އަދި ބޮޑެތި ސިންގާހާ ފިރިހެނުންނަށް ވެސް ތަދުވާނެއެވެ. އިންސާނުންގެ ހަށިގަނޑުގައި ތަދު އިހުސާސްވުން ލައްވައިފައި ވަނީ ހަށިގަނޑު ރައްކާތެރިކުރުމަށެވެ. ތަނަކަށް ތަދު ވަންޏާ އެ ތަދުވާ ކަމެއް ހުއްޓައިލުމަކީ ހަށިގަނޑަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށް ކުރަން ޖެހޭ ކަމެކެވެ. އަދި ބައެއް ހާލަތްތަކުގައި ތަނަކަށް ތަދުވުމަކީ ހަށިގަނޑުގައި ކޮންމެ ވެސް ސިއްހީ މައްސަލައެއް އުޅޭކަން އަންގައިދޭ ނިޝާނެެކެވެ. އަދި ސިއްހީ ފަރުވާ ހޯދައިގެން އަސްލު މައްސަލައަކީ ކޮބައިކަން ދެނެގަނެ އެކަމެއް ހައްލު ކުރަންޖެހޭނެއެވެ. ކަން މިހެން އޮތް ނަމަވެސް ފިރިހެން ކުދިންނަށް ތަދު ނުވާ ކަމުގައި ބުނެދޭ ވަރަށް ގިނަ މީހުން ދުނިޔޭގައި ވެސް އަދި އަހަރެެންގެ މުޖުތަމައުގައި ވެސް އުޅެއެވެ. ކުޅެން އުޅޭއިރު ވެއްޓިގެން ނުވަތަ ދިމާވާ އެހެން ކަމެއްގެ ސަބަބުން ވެސް ތަނަކަށް ތަދުވެއްޖެ ނަމަ ފިރިހެން ކުދިންނަކަށް ތަދެއް ނުވާނެއޭ ބުނެއެވެ. އަދި ފިރިހެން ކުދިން ހިތްވަރުގަދަ ވާނޭ ވެސް ބުނާނެއެވެ. މިގޮތް އަހަރެމެން ބަދަލު ކުރަމާ ހެއްޔެވެ. ތަދެއް ނުވާނޭ އެބުނާ ބުނުމަކީ ތެދު ވާހަކައެއް ނޫނެވެ. އެހެންވުމުން ތަދުވެގެން އުޅޭ ފިރިހެން ކުއްޖާއަށް ވިސްނޭނީ އެކުއްޖާއަށް އެހެން އެ ބުނެދޭ މީހާގެ ދޮގު ވާހަކައިގައި ބައިވެރިވެ ތަދު ނުވާ ކަމަށް ހެދެން ޖެހޭނެ ކަމަށެވެ. އަދި ފިރިހެން ކުއްޖަކަށް ވީތީ ތަދުވުމަކީ އަޅައި ނުލާ ދޫކޮށްލަން ޖެހޭ ކަމެއް ކަމުގައި އެކުއްޖާއަށް ވިސްނިގެންދާނެއެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި އަންހެނުންނަށް ވުރެ ފިރިހެނުން ޑޮކްޓަރަކަށް ދައްކާވަރު މަދެވެ. މިކަމުގެ ފަހަތުގައިވާ އެއް ސަބަބަކީ ފިރިހެނުންނަށް ދިމާވާ އުނދަގުތަކަށް ކެތްކުރަން ކުޑަ އިރުއްސުރެ ދަސްކޮށްދެވިފައި ވުމެވެ. އަދި ތަދާއި ސިއްހީ މައްސަލަތައް ދިމާވުމުން އެހީ ހޯދުމަކީ ބާރު ދެރަކަމުގެ ނިޝާނެއް ކަމުގައި ދުށުމެވެ. އެހެންވީމާ މުޖުތަމައުއިން ފިރިހެންނަށް މި ކުރެވެނީ ޕްރެޝަރެކެވެ. އަހަރެެމެންނަށް މި ބުނެދެވެނީ ފިރިހެން ކުއްޖެއްވީމައި ކިތަންމެ ތަދު ވިޔަސް އެކަމަށް ކެތް ކޮށްގެން ހުންނަން ޖެހޭ ފަދަ މީހަކަށް ވާން ޖެހޭނެކަމުގައެވެ. ހިތްވަރު ކުރަން ޖެހޭނެ ކަމުގައެވެ. ނަތީޖާއަކަށް ވެގެން މިދަނީ ބޮޑުވުމަށް ފަހު ވެސް އެމީހެއްގެ ހަށިގަނޑަށް ބޭނުންވާ ކަންކަން އެންމެ ފުރިހަމައަށް ކޮށްދޭން ނުކުޅެދުމެވެ.ފިރިހެން ކުދިންނެއް ނުރޯނެ
ރޯނެއެވެ. ހުރިހާ އިންސާނުން ވެސް ރޯނެއެވެ. ކޮންމެ މީހަކު ވެސް ދެރަވާނެއެވެ. ބައެއް ފަހަރު އުފަލުން ވެސް ރޮވޭނެއެވެ. ބައެއް ފަހަރު ބިރުންނެވެ. ބައެއް ފަހަރު ތަދު ވެގެންނެވެ. ނަމަވެސް އަހަރެމެން މިދޭން އުޅޭ މެސެޖަކީ ކުޑަ އިރުންސުރެ ހުރިހާ އިންސާނީ އިހުސާސްތައް ފުރިހަމައަށް ފާޅު ކުރުމުގެ ހައްގު އޮންނަނީ ހަމައެކަނި އަންހެން ކުދިންނަށާއި އަންހެނުންނަށް ކަމުގައެވެ. ފިރިހެނުންނަށް ފާޅު ކުރުމުގެ ހައްގު އޮތީ ހަމައެކަނި ބައެއް އިހުސާސެވެ. އަދި އެ ވެސް ވަކި ވަރަކަށެވެ. ވަކި ގޮތަކަށެވެ. އެއީ ކިހާ ބޮޑު ނާއިންސާފެއް ހެއްޔެވެ؟ ދުނިޔޭގެ އެކި ގައުުމުތަކުގައި ހެދިފައިވާ ދިރާސާތަކަށް ބަލައިލާއިރު ވަރަށް ގިނަ ގައުމުތަކުގައި އަމިއްލައަށް މަރުވާ މީހުންގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ. މިހެން މިކަންވާން ދިމާވާ ބައިވަރު ސަބަބު ދިރާސާކުރާ މީހުން އެކްސްޕްލޯ ކޮށްފައިވާ އިރު މިތަނުން އެންމެ އާންމު އެއް ތިއަރީއަކީ ފިރިހެނުންނަށް ނަފްސާނީ އެހީއަށް އެދުމުގައި ހުންނަ ގޮންޖެހުންތަކެވެ. ފިރިހެނުން ރުއިމާއި ފިރިހެނުން ދެރަ، ބިރު، ލަދު ފަދަ އިހުސާސްތައް ފާޅު ކުރުމާއި މުޖުތަމައުގެ ބޮޑު ބައެއް ދެކޮޅު ވުމުގެ ސަބަބުން އެމީހުންނަށް މި އަދާކުރަން ޖެހެނީ ބޮޑު އަގެކެވެ. [caption id="attachment_93991" align="alignnone" width="521"]
ފިރިހެން ކުދީން ނުރުއިމަކީ ކުޑައިރުންސުރެ ވިސްނައިދެވޭ ގޮތް[/caption]
އަންހެނުން އެކަކު އަނެކަކާ އިހުސާސްތައް ހިއްސާކޮށް ރުއިމަކީ އަންހެން ސިފަތައް ކަމުގައި ބެލެވޭތީ އެކަންކަން ކުރާކަށް ފަހެއް ނުޖެހޭނެއެވެ. މިބުނީ ގިނަ އަންހެނުންގެ ވާހަކައެވެ. އަންހެން ކުދިން ކުޑައިރު ވެސް އެކުދިން އަންހެން ކުދިންނަށް ވީތީ ރުއިމާއި ހިތާމަ ފާޅު ކުރުމުން ދުރު ވާކަށް ޕްރެޝަރއެއް ނޯވެއެވެ. ނަތީޖާއަކީ ފިރިހެނުންނަށް ވުރެ އަންހެނުން ނަފްސާނީ އެހީ ހޯދާ ޗާންސް ބޮޑުވުމެވެ. އަދި އެފަދަ މައްސަލަތަކަށް ފަރުވާ ލިބުމެވެ. ނަމަވެސް ފިރިހެނުންގެ ތަޖުރިބާ މިއާ އިދިކޮޅެވެ. އަހަރެމެން ބުނާ ކުދިކުދި އެއްޗެހީގެ ސަބަބުން މިފަދަ ބޮޑެތި މައްސަލަ ދިމާވެދާނެ ކަމުގައި އަހަރެެމެންނަށް ހީނުވިޔަސް، ކުޑަ އިރު ފިރިހެން ކުދިންނަށް ރުއިން މަނާ ކުރުމަކީ ގުދުރަތީ ގޮތުން އެކުދިން ގައިގައި ލައްވައިފައިވާ ކަމެއް މަނާ ކުރުމެވެ. އޭގެން ނުރަނގަޅު ނަތީޖާ ނުކުންނާނެކަން ކަށަވަރެވެ.





ކޮމެންޓް