މަސްތުގެ ހާލުގައި އޮތް މީހަކު މާލޭގެ މިސްކިތަކަށް ހޮޑުލައިފި

މަސްތުގެ ހާލުގައި އޮތް ޒުވާން ފިރިހެނަކު މާލޭގެ މިސްކިތަކަށް ހޮޑުލައިފިއެވެ.
އެނގިފައިވާ ގޮތުގައި މަސްތުގެހާލުގައި އޮތް އެމީހާ އަމަލުވެގެން އޮތީ ބަރްބަރީ މިސްކިތުގައެވެ.
އެ މިސްކިތަށް ރޭ ފަތިސްނަމާދަށް ދިޔަ ބަޔަކާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނީ އެ ޒުވާނާ ނިދިފައި އޮތީމައި ނަމާދުކުރަން ގޮވުމުން ތެދުވި ތަނާ އެ ޒުވާނާ މިސްކިތަށް ހޮޑުލި ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
މިސްކިތްތަކުގެ ހުރުމަތް ކެނޑުމުގެ މައްސަލަތައް މިފަހަކަށް އައިސް ވަރަށް ގިނައިން އަންނަނީ ފެންމަތިވަމުންނެވެ. އެ ގޮތުން މިސްކިތަށް ބޮޑުކަމު ދިއުމާއި، ކުޑަކަމުދިއުމާއި، ޚަތިމަށް ކުޅުޖަހައި ހެދި މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.
ކިހާދެރަ ކަންތައް މަސްތުވެގެން ހުރެ މިސްކިތާ ކައިރިވެސް ނުވުމަށް އަންގަވާފަ ވަނީ މިބައިގަނޑު މަސްތުވާ ތަނަކަށް މިހަދަނީ މިސްކިތްތައް . ޜޭގަނޑު 12ގެ ފަހުން މިސްކިތްތައް ތަޅުލާފަ ހައްޓަންވެއްޖެ އެއްނު ކޮނެ މިސްކިތަކަށް ފުލުހެއް ނުބެހެއްޓޭނެ . މޫނުވެސް ފެންނަގޮތަށް ފޮޓޯ ޖަހަންވީ
ނަސޭދުއާ އޭނަގެގެވަށާގެ ސިފައިނ ބޭތިއްބޭއިރު ﷲ ގެގެކޮޅުތަކުގާ ސިފައިން ނުބޭތިންބެވެން ވޭސަބަބެތްނެތް